ހަބަރު

އެރިކްސަން އެނބުރި ޕްރިމިއާ ލީގަށް އަންނަނީ

ޑެންމާކްގެ ތަރި އެރިކްސަން އަލުން ޕްރިމިއާލީގަށް އައުމަށް ޓީމުތަކާއެކު މަޝްވަރާތައް ކުރަން ފަށައިފި އެވެ.

ނިމިގެން ދިޔަ ޔޫރޯގެ ތެރޭ ކުޅުމުގެ ތެރޭގައި ހުއްޓާ އެރިކްސަނަށް ހާޓްއެޓޭކެއް ޖެހުމުގެ ސަބަބުން އޭނާގެ ހިތަށް އައިސީޑީއެއް ލައްވަން ޖެހުނެވެ. ނަމަވެސް އިޓަލީގައި އައިސީޑީ ލައްވައިގެން ކުޅުމުގެ ފުރުސަތު ނޯންނާތީ އޭނާ އޭރު ކުޅެމުން އައި އިންޓަ މިލާނުން ވަނީ އެރިކްސަންގެ ކޮންޓްރެކްޓް ބާތިލުކޮށް ދޫކޮށްލާފަ އެވެ.

ބައެއް ގައުމު ތަކުގައި އައިސީޑީ ލައްވައިގެން ވެސް ކުޅުމުގެ ފުރުސަތު އޮވެ އެވެ. އެހެން ކަމުން އެރިކްސަން މިހާރު އަންނަނީ އޭނާގެ ޕާސަނަލް ޓްރެއިނިން ތަކުގައި ބައިވެރި ވަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެރިކްސަން ވަރަށް އަވަހަށް އިނގިރޭސި ޕްރިމިއާ ލިގުގެ ކްލަބަކާއި ގުޅޭނެ އެވެ. އެރިކްސަން ހޯދަން ނިއުކާސަލް އަދި ބްރެންޓްފޯޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން އެރިކްސަން ވަނީ ޕްރިމިއާ ލީގުގެ ޓޮޓެންހަމްއަށް 2013 އިން 2020 އާ ހަމަޔަށް ކުޅެފައެވެ.