ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސްކޫލްތަކުގެ މަސައްކަތްތެރިނަން ހާއްސަ ވެކްސިން ޕްރޮގްރާމެއް ފަށައިފި

ދިރާސީ އައު އަރަހުގައި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހާއްސަ ވެކްސިން ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

މި ވެކްސިން ޕްރޮގްރާމް ފަށާފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީ އަދި އެޗްޕީއޭ ގުޅިގެންނެވެ. މިކަމާ ގުޅޭ ގޮތުން އަވަސް އަށް މައުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ އެ ކެމްޕޭނަކީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވީހާވެސް ބޮޑަށް ވެކްސިންގެ ދެޑޯޒް ފުރިހަމަކުރުވުމަށް ބާރުއެޅުމުގެ ގޮތުން ފެށި ކެމްޕޭނެއް ކަމަށެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އަދި މިއަދަކީ ޓީޗަރުން ސްކޫލްތަކަށް ރިޕޯޓު ކުރަންޖެހޭ ފުރަތަމަ ދުވަހެވެ. މިއަދު ވެކްސިން ކެމްޕޭން ފެށި ސަބަބަކީ އެއީ ކަމަށްވެސް އަހުމަދު ވިދާޅުވި އެވެ.

"ސްކޫލްތަކުގައި ތިބި ޓީޗަރުންގެ ބޮޑު ބައެއް މިހާރުވެސް ވެކްސިން ފުރިހަމަ ކޮށްފި. މި ވެކްސިން ކެމްޕޭންގެ ދަށުން އިތުރު ޓީޗަރުން ވެކްސިން ފުރިހަމަ ކުރާނެ." އަހުމަދު ވިދާޅުވި އެވެ.

މި ކެމްޕޭންގެ މަގުސަދަކީ ކިޔެވުން މެދު ނުކެނޑި ސްކޫލްތައް ބަންދު ނުކޮށް، ކުރީގެ ހާލަތުގައި ދަރިވަރުންނަށް އުނގަންނައި ދިނުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމެވެ.

ސްކޫލްތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްދާ މި ކެމްޕެއިންގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މުހިއްމު ކަމާ ގުޅޭ މައުލޫމާތު ޓީޗަރުންނާއި، ތައުލީމީ ދާއިރާގެ މުއައްޒަފުން މެދުވެރިކޮށް ދިނުމަށް ހަމަޖައްސާފައިވެ އެވެ.

"ޓީޗަރުންނަށާއި ސްކޫލްތަކުގެ މުވައްޒަފުންނަށް ވެކްސިން ޖެހުމަށް ބާރު އަޅާގޮތަށް ބެލެނިވެރިނަން ވެސް އަޅުގަނޑުމެން ބާރު އަޅަން ވެކްސިން ފުރިހަމަ ކުރުމަށް" އަހުމަދު އަލީ ވިދާޅުވި އެވެ.

ސްކޫލްތަކުގެ މުވައްޒަފުންނަށް މިއަދު ފެށުނު ވެކްސިނޭޝަން ޕްރޮގްރާމް މާލޭ ސަރަހައްދާއި އަތޮޅުތެރޭގައި ވެސް ކުރިއަށް ދާނެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށްފަހު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސުކޫލުތަކަށް ވަދެވޭނީ ވެކްސިން ފުރިހަމަކޮށްގެން ތިބި މީހުންނަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ސްކޫލް މާހައުލަކީ ކޮވިޑް ރައްކާތެރި ތަނަކަށް ހެދުމަށް އިތުރު މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.