ސީއެންއެންގެ ތިން މުވައްޒަފަކު ވެކްސިންނުޖަހާ އޮފީހަށް ދިއުމުން ވަޒީފާއިން ވަކިކޮށްފި އެވެ. ސީއެންއެންގައި އެމީހުންނާ އެކުގައި މަސައްކަތްކުރާ ރިޕޯޓަރުން ބުނި ގޮތުން ބައެއް އެހެން މުވައްޒަފުންނަށް ލުއިދީ އޮފީހަށް ނިކުންނަން ޖެހޭ މުއްދަތު ވަނީ އިތުރުކޮށްދީފަ އެވެ.
ސީއެންއެން ގުރޫޕްގެ ރައިސް ޖެފް ޒަކާ މުވައްޒަފުންނަށް އާންމުކުރި މެމޯއެއްގައި ބުނެފައިވާ ގޮތުން ކޮވިޑް ހާލަތުގައި ސިއެންއެންއިން އަމަލުކުރަން އާންމު އުސޫލެއް މުވައްޒަފުންނަށް އޮންނާނީ ހިއްސާކޮށްފަ އެވެ.
އެ އުސޫލުތަކަށް ކަމޭނުހިތައި މުވައްޒަފުން ހިތުހުރި ގޮތަކަށް އުޅެވޭ ހާލަތެއް ނޫންކަން ތަކުރާރުކޮށް ހަނދާންކޮށް ދިނުމުން ވެސް ބައެއް މުވައްޒަފުން އެއްބާރުލުން ދީފައި ނުވާ ކަމަށް ޖެފް ޒަކާ ވިދާޅުވި އެވެ. ކުންުންޏަށް މުހިންމު ނަމަވެސް ބައެއް މުވައްޒަފުންނާ މެދު ތަފާތު ގޮތަކަށް އަމަލުކުރަން ޖެހެނީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮވިޑާ ގުޅިގެން މަޝްހޫރު ޓެކް ކުންފުނިތަކުން ވެސް ވަނީ އިންޒާރީ ފިޔަވަޅުތައް އަޅައި މުވައްޒަފުނަށްޓަކައި ވަރަތިރިކޮށްފަ އެވެ. އެގޮތުން ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ގޮތް ހަދައިދިނުމާއި ޗުއްޓީ ދިގުކޮށްދިނުން ވެސް ހިމެނެ އެވެ.
އެޕަލް އާއި ގޫގުލް އަދި މައިކްރޮޮސްޓުން ވެސް މުވައްޒަފުންނަށް ތަފާތު ގޮތްގޮތަށް ލުއިދީފައިވެ އެވެ. ސީއެންއެންއިން ވެސް އިދާރީ މުވައްޒަފުނަށް ލުއިދީފައިވެ އެވެ. އަދި ރިޕޯޓަރުންނާއި ޓެކްނިކަލް ކުރޫންނަށް ހާލަތާ އެކަށީގެންވާ މާހައުލެއް ގާއިމުކޮށްދީފައި ވެއެވެ.