ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މުވައްޒަފުން އޮފީހަށް ނުކުންނަ ތާރީޚް ގޫގުލްއިން ފަސްކޮށްފި

ގައުމުތަކުގައި ފެތުރިގެންފައިވާ ކޮވިޑާ ހެދި ގޫގުލުން އޮތީ މުވައްޒަފުން އޮފީހަށް ނުކުމެގެން މަސައްކަތް ނުކުރާ ގޮތް ހަދައި ލުއި ދީފަ އެވެ.

މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ބަދަލުކޮށް ގޫގުލުން ވަނީ އެ ތާރީޚް ތަކުރާރުކޮށް ފަސްކޮށްފަ އެވެ.

ގޫގުލުން މިހާރު ބުނަނީ މުވައްޒަފުން ދެން އޮފީހަށް ނުކުންނަން ޖެހޭނީ ޖެނުއަރީ 10، 2022 ގައި ކަމަށެވެ. އެއީ ވެސް އެ މުވައްޒަފަކު ދިރިއުޅޭ ގައުމެއްގައި ނުވަތަ ސިޓީއެއްގައި ކޮވިޑްގެ ހާލަތަށް ބަލާފައި ކަމަށެވެ. އެގޮތުން މުވައްޒަރުން އޮފީހަށް ނުކުންނަ ދުވަސް ހަމަޖައްސައި ސަރަހައްދީ އޮފީހުން އެ މުވައްޒަަފަކަށް ޚަބަރުކުރާނެ ކަމަށެވެ.

ދުނިޔޭގެ މަޝްހޫރު ކުންފުނިތަކުން ކޮވިޑްގެ ހާލަތަށް ބަލައި މުވައްޒަފުންނަށް ބޮޑެތި ލުއި ދީފައިވެ އެވެ. މައިކްރޮސޮފްޓާއި ފޭސްބުކް އަދި އެމެޒޯން ފަދަ ކުންފުނިތަކުން ވެސް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހަމަޖައްސައިދިނެވެ.

އޮފީހަށް ކޮންމެހެން ނުކުންނަން ޖެހޭ މުވައްޒަފުންނަށް ވެސް ކޮވިޑުން ރައްކާތެރިވުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމުކޮށްދިފައިވެ އެވެ.

ގޫގުލްގެ އޮފީސްތައް ދުނިޔޭގެ އެކި ގައުމުތަކުގައި ހުންނައިރު އަމަލުކުރަން ބުނެފައި އޮތީ އެ ގައުމެއްގެ ސިއްހީ އިދާރާތަކުން ދޭ އިރުޝާދާ އެއްގޮތަށެވެ.

ގޫގުލުން އަދި އެއަށް ވުރެ ބޮޑެތި ފަސޭހަތައް މުވައްޒަފުންނަށް ވަނީ ތަނަވަސްކޮށްދީފަ އެވެ. މުސާރަ އާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއްވެސް ގެނެސްފައެއް ނުވެ އެވެ.