މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ޗެނަލް 13ގެ ޕްރޮގްރާމެއްގެ މައްސަލަ ބްރޮޑްކޮމްއިން ބަލަނީ

ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގެ މައްސަލަ ބަލަމުންދާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) އިން ބުނެފި އެވެ.

ބްރޮޑްކޮމް އިން މިއަދު ބުނެފައި ވަނީ ޗެނަލް 13 އިން ރޭ ގެނެސްދިން “ހަޖަމް” ޕްރޮގްރާމްގެ ކޮންޓެންޓް އެ ކޮމިޝަންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން މައްސަލަ ބެލެމުގައި ގެންގުޅޭ އިޖުރާއަތްތަކާއި އެއްގޮތަށް އެކަން ބަލަމުންދާ ކަމަށެވެ.

މީގެ އިތުރަށް ހުރިހާ ބްރޯޑްކާސްޓަރުންވެސް، ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑު އަދި އުސޫލުތައް ހިފެހެއްޓުމަށްވެސް ބްރޮޑްކޮމްއިން ވަނީ ނަސޭހަތްތެރިވެފަ އެވެ.

ޗެނަލް 13 އިން ރޭ ގެނައި މި ޕްރޮގްރާމްގައި ވަނީ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް އަށް ނިސްބަތް ކޮށް ބޮޑެތި ތުހުމަތުތަކެއް ކޮށް ވާހަކަ ދައްކާފައެވެ. ސިޔާސީ މަސައްކަތް ބައިވެރިވާ ބައެއް މީހުން އެ ސްޓޭޝަނުން ގެނެސްދޭ ބައެއް ޕްރަގްރާމްތަކުގައި ބައިވެރިވެއެވެ.

މީގެކުރިން ވެސް ޗެނަލް 13 ގެ މައްސަލަތަކެއް ބްރޯޑްކޮމްއިން ވަނީ ބަލާފައެވެ. އަދި ޕްރަގްރާމެއް ގެނެސް ދިނުން ހުއްޓާލަންވެސް އެންގިއެވެ.