ހަބަރު

ރާއްޖެ ޓީވީގެ މައްސަލަ އިދިކޮޅުން ބްރޯޑްކޮމަށް ހުށަހަޅައިފި

Aug 30, 2020
3
އިދިކޮޅުގެ ޒުވާނުން އިސްނަގައިގެން ބޭއްވި ސައިކަލް ބުރު: މި ސައިކަލް ބުރާ އަލިފާނުގެ ހަދިސާއަކާ ގުޅުވި ކަމަށް ބުނޭ -- ފޮޓޯ: އަވަސް
0%
100%
0%

ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރާއްޖެ ޓީވީން އާއްމުކުރި ވީޑިއޯއެއްގައި އިދިކޮޅު ކޯލިޝަނާމެދު ނަފުރަތު އުފެދޭ ގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ، އެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން (ބްރޯޑްކޮމް) އަށް ހުށަހަޅައިފި އެވެ.

އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން މިއަދު ނެރެނު ބަޔާނެއްގައި ބުނީ މިދިއަ ހުކުރު ދުވަހު ބޮޑުތަކުރުފާނުގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާ ޖެހިގެން ހުންނަ އިމާރާތުގައި ރޯވި ހާދިސާ އާ ގުޅިގެން ރާއްޖެ ޓީވީގެ ވެރިފައިޑް ޓްވިޓާ އެކައުންޓުން ރާއްޖެ ވިއްކާލާ ކަމަށް ބުނެ ޕީޕީއެމް / ޕީއެންސީ އިން މުޒާހަރާ ކުރިތާ ގިނައިރުތަކެއް ނުވެ އެސްބީއައި އާ ޖެހިގެން ހުރި އިމާރާތުގައި ރޯވި ކަމަށް ލިޔެ އެ ހާދިސާގެ ވީޑިއޯ އެއް އާންމު ކޮށްފައިވާ ކަމަށެވެ.

އެ އަމަލަކީ އެ ހާދިސާއާއި އިދިކޮޅު ކޯލިޝަނާ ގުޅުވުމަށް ރާއްޖެ ޓީވީން ކޮށްފައިވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި މި އަމަލަކީ ޒިންމާދާރު ނޫސްވެރިކަން ކުރުން ކަމަކަށް އެ ކޯލިޝަނަކުން ނުދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި އެވެ.

އިދިކޮޅުން ވަނީ ރާއްޖެ ޓީވީގެ މި މައްސަލަ ހުށަހަޅައި، އެ މައްސަލަ ބަލަމުންދާ ގޮތް އަންގައި ދިނުމަށް ވެސް ބްރޯޑްކޮމްގައި އެދިފަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޓަކަނޭ

ތިމައްސަލަ ޖައްސަންތިން ކޮންބައެއް ތިމިހޫންދައުވާއަކީ ތީ އިސްލާމީޕާރޓީކަމައް ދެންރާއްޖޭގަތިބީ ކާފަރުންކަމައް، އެކަމަ ރާއްޖެޓީވީއައްވުރެ ތިމީހުން ޗެނަލް13 ގަ މާހަޔާތްކުޑަކޮއް ވާހަކަދައްކަނީ، ތިޕީޕީއެމްއަކީވެސް އެމްޑީޕީއަކީވެސް ހަމަ އެއްބައެއް އަމިއްލަ ފައިދާއައް އުޅޭބައިގަޑުންތީ މުޅިންވެސް ރައްޔިތަކައް ހެޔޮއެދޭ އެއްބަޔަކުވެސްނެތް!

މަހީިހީި.....

އެއީ އަޅެ ދޮގެއްތަ؟ އެތާ ރޯވީ ތި މުޒާހަރާ ކުރިތާ ކުޑަ އިރުކޮޅެއް ފަހުން ނޫންކަމަކަށް ނުވާނެ އެވެ.

އިބްރާހިމް ޙިލްމީ

ދައްކަވަން ހުރި ހުރިހާ ތަނެއް ދައްކަވާފަ ނޫނީ ނުގެންދަވާނެކަން ކަށަވަރު އެވެސް ދުވަހެއް މިވެސް ދުވަހެއް

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345