ނަމާދުގެ ޖަމާއަތުގައި ގައިދުރުކުރުމާއި ގުނޫތުއް ނާޒިލާ ކިޔުން ނިމުމަކަށް ގެނެސްފި އެވެ.
އިސްލާމިކް މިނިސްޓްރީން ދެންމެ ބުނީ ނަމާދުގެ ޖަމާއަތުގައި ގައިދުރުކުރުމާއި ގުނޫތު ކިޔުން މިރޭގެ ފަތިސް ނަމާދުން ފެށިގެން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެ ނިންމުން ނިންމީ މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ ގިނަ ލުއިތަކެއް ދީފައިވާތީ ކަމަަށެވެ. އެ މިނިސްޓްރީން ވަނީ ނަމާދުގެ ޖަމާއަތުގައި ގުނޫތު ކިޔުން ހުއްޓާލި ނަމަވެސް ފަރުލު ނަމާދުތަކަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
ކޮވިޑް-19 އިގެ ހާލަތު ރާއްޖޭގައި ގޯސްވާން ފެށުމުން މިދިއަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލިއެވެ. އަދި ފަހުން ޖަމާއަތް ފެށީ ގައިދުރުކޮށެވެ. މިދިޔަ އަހަރުވެސް ނަމާދުގެ ޖަމާއަތް ހުއްޓާލިއެވެ.