ޓޯކިއޯ އޮލިމްޕިކްސް 2020

އޮލިމްޕިކްސް ފިރިހެން ރިލޭ ރޭހުގެ އެއްވަނަ އިޓަލީއއަށް

ގިނަ ބަޔަކު ހައިރާން ކޮށްލައި އިޓަލީން ޓޯކިޔޯ އޮލިމްޕިކްސް 4x100 މީޓަރުގެ ފިރިހެން ރިލޭ ރޭސް ކާމިޔާބު ކޮށްފި އެވެ.

މިއީ 1948 ވަނަ އަހަރު ލަންޑަނުގައި ބޭއްވި އޮލިމްޕިކްސްގެ ފަހުން އިޓަލީއަށް އޮލިމްޕިކްސް ރިލޭ ރޭހެއްގެ މެޑައްޔެއް ލިބުނު ފުރަތަމަ ފަހަރެވެ. ލަންޑަން އޮލިމްޕިކްސްގައި އެފަހަރު އިޓަލީއަށް ލިބުނީ ބްރޯންޒް މެޑަލް އެވެ. އެހެން ކަމުން އޮލިމްޕިކްސް ރިލޭ ރޭހުގައި އިޓަލީއަށް މެޑައްޔެއް މި ލިބުނީ 73 އަހަރުގެ މެދު ކެނޑުމަކަށް ފަހު އެވެ.

ގައުމުގެ ރިކޯޑަކާއި އެކު އިޓަލީން ރޭސް ނިންމީ 37.50 ސިކުންތުންނެވެ. ބްރިޓަން އިން ދެވަނައަށް ދިޔައީ 0.01 ސިކުންތުގެ ތަފާތަކުންނެވެ. ކެނަޑާއިން 37.70 ސިކުންތުން ރޭސް ނިންމައި ތިންވަނަ ކާމިޔާބު ކުރި އިރު، ހަތަރު ވަނައަށް ދިޔައީ ވައިނާ އެވެ. ފަސްވަނައިގައި އޮތީ ޖަމެއިކާ އެވެ.

މިއާއި އެކު އިޓަލީގެ ދުވުންތެރިޔާ މާސެލް ޖެކޯބް ވަނީ ޓޯކިޔޯ އޮލިމްޕިކްސްގައި ދެ ރަން މެޑަލް ކާމިޔާބު ކޮށްފަ އެވެ. މިފަހަރުގެ އޮލިމްޕިކްސްގައި ޖެކޮބް ވަނީ 100 މީޓަރު ދުވުމުން ވެސް އެއްވަނަ ހޯދާފަ އެވެ. މިއީ އުސެއިން ބޯލްޓްގެ އީރާއަށް ފަހު އެހެން ބައިވެރިއަކު 100 މީޓަރުގެ ސްޕްރިންޓް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.