އެކްސިޑެންޓް

އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

Aug 7, 2021

މާލެ ސިޓީގައި އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާވެއްޖެ އެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ބުރުޒުމަގު ލޮޓަސް ބައިކްޝޮޕް ކައިރީގައެވެ. އެ ސަރަހައްދު އޮތީ ކޮންސްޓްރަކްޝަން މަސައްކަތަަށް ބަންދުކޮށްފައެވެ.

މަގު ބަންދުކޮށްފައިވަނިކޮށް ބާރު ސްޕީޑްގައި ސައިކަލުގައި އައި މީހަކު ވަނީ ކޮންޓްރޯލް ނުވެ ގޮސް އެކްސިޑެންޓްވެފައެވެ.

އޭނާގެ މޫނާއި އަތަށް ވަނީ އަނިޔާވެފައެވެ. ފަރުވާއަށް އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެ ވަގުތު އެ ސަރަހައްދަށް އައި ފުލުހުންނެވެ.

މިރޭގެ އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުން ބުނީ މަގު ބަންދުކޮށްފައިވަނިކޮށް ދުއްވާފައި ދިޔަ ސަައިކަލެއް ކޮންޓްރޯލްނުވެ ގޮސް އެކްސިޑެންޓްވެފައިވާ ކަމަށެވެ. އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 27 އަހަރުގެ މީހަކަށެވެ.