ހަބަރު

ގްރޫޕް ހަދައިގެން ބަދުއަހުލާގީ އަމަލު ހިންގި ބަޔަކު ހައްޔަރުކޮށްފި

ގްރޫޕް ހަދައިގެން ބަދުއަހުލާގީ އަމަލު ހިނގަމުންދިޔަ ބިދޭސީ ދެ އަންހެނަކާއި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 10:00 އެހާ ކަންހާއިރު ކޯޓު އަމުރަކާއެކު މާލޭ ގެސްޓް ހައުސް އަކުން އަކަށް ވަދެ، ގްރޫޕް ހަދައިގެން ބަދުއަހުލާގީ އަމަލު ހިނގަން މަސައްކަތް ކުރަން ތިބި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ތައިލެންޑު ދެ އަންހެނުންނާއި ދިވެހި ފިރިހެނެކެވެ. އަދި އެ މައްސަލާގައި ހައްޔަރު ކުކޮށްފައިވާ އެކަކަކީ ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް އުޅޭ އަންހެނެކެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އެއަންހެން މީހާގެ ބަންދަށް 10 ދުވަސް ޖަހައި ދެވަނަ ތައިލެންޑް އަންހެން މީހާ އާއި ދިވެހި ފިރިހެން މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފައިވެ އެވެ.

ހަމަ އެރޭ ފުލުހުން ވަނީ މަސްތުވާތަކެތި ބޭނުން ކޮށްގެން ހުރި ކަމަށް ތުހުމަތު ކުރެވިގެން އަދި އެމީހުން ތިބި ކާރުތެރެއިން ބަނގުރާ ފުޅިއެއް ފެނިގެން އިތުރު ބިދޭސީ ދެ އަންހެނުންނާއި ދިވެއްސެއް ވެސް ހައްޔަރުކޮށްފަ އެވެ.