ޓެކްނޯލޮޖީ

ރެކޯޑް އަގަކަށް ކުރީގެ ވީޑިއޯ ގޭމެއް ވިއްކާލައިފި

ކުރީގެ ވީޑިއޯ ގޭމެއް ދެ މިލިއަން އެމެރިކާ ޑޮލަރަށް ވިއްކާ ލައިފި އެވެ.

ވިއްކާ ލާފައިވާ ގޭމަކީ 1985 ވަނަ އަހަރުގެ "ސުޕާ މާރިއޯ ބްރޯސް"ގެ ނުހުޅުވާއިން ކޮޕީއެކެވެ.

މި ގޭމް ވިއްކާލާފައިވަނީ ކަލެކްޓިބަލްސް ވިއްކާ ވެބްސައިޓްއެއް ކަމަށްވާ "ރެލީ" އިންނެވެ. މި ގޭމް ވިކުނުކަން އިއުލާން ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އެކަމަކު ގޭމް ގަނެފައިވަނީ ކާކު ކަމެއް ބުނެފައެއް ނުވެ އެވެ.

ސުޕާ މަރިއޯ ބްރޯސްގެ މި ގޭމް ދެ މިލިއަނަށް ވިއްކާލުމުގެ ސަބަބުން މި ގޭމް ވެފައި މިވަނީ ދުނިޔޭގައި އެންމެ އަގު ބޮޑުކޮށް ވިއްކާލި ގޭމަށެވެ. އަދި އެ ރިކޯޑު މުގުރާލިކަންވެސް ރެލީ ވަނީ ޓްވިޓާ މެދުވެރިކޮށް ކަށަވަރު ކޮށްދީފަ އެވެ.

މީގެ ކުރިން މި ރިކޯޑް އޮތީ "ހެރިޓެޖް އޮކްޝަންސް" އަތުގަ އެވެ. އެއީ މީގެ މަހެއް ކުރިން 1.56 މިލިއަން އެމެރިކާ ޑޮލަރަށް 25 އަހަރު ވެފައިވާ "ސުޕާ މާރިއޯ 65" ވިޑިއޯ ގޭމް ވިއްކާލައިގެންނެވެ.