ހޮލީވުޑް

ސްޓްރޭންޖާ ތިންގްސް ސީޒަން ހަަތަރެއްގެ ޓީޒާ ދައްކާލައިފި

ނެޓްފްލިކްސްގައި ގިނަ ބައެއްގެ ތަރުހީބު ހޯދާފައިވާ ސައިފައި ސީރީޒް ސްޓްރޭންޖާ ތިންގްސް ސީޒަން ހަތަރެއްގެ އާ ޓީޒާ ދައްކާލައިފި އެވެ.

ނެޓްފްލިކްސްގެ ޓްވީޓާ އެކައުންޓްގައި ހުކުރު ދުވަހު ޓީޒާ ދައްކާލާފައިވަނީ ސީޒަން ތިނެއްގެ މަންޒަރުތަކަކާއި އެކު ނެރެން އުޅޭ ސީޒަން ހަތަރެއްގެ ވަރަށް ކުރު ކްލިޕް ތަކެެއް ހިމަނައިގެންނެވެ.

މި ސީރީޒްގައި އުޅޭ ގިނަ ތަރިން އަނބުރާ ސީޒަން ހަތަރަކަށް ވެސް އަންނާނެކަން ކަށަވަރު ކޮށްދީފައިވާއިރު، ސީޒަން ތިނެއްގައި ގެއްލުނު ޕޮލިސް ޗީފް ޖިމް ހޮޕާ ވީ ރަޝިއާގައި ކަން ފަހުގެ ޓީޒާގައި ދައްކާފައިވެ އެވެ. އަދި މިފަހަރުގެ ޓީޒާގައިވެސް ހޮޕާ ދައްކާލާފައިވެެ އެވެ. އަދި ޝޯގެ މައި ކެރެކްޓާ އިލަވަންވެސް ދައްކާލާފައިވެ އެވެ.

ޖޫން މަހު ނެޓްފްލިކްސް އިން ޓްވިޓާގައި ވަނީ ސީޒަން ހަތަރަކަށް އަންނަ އާ ހަތަރު ކެރެކްޓާވެސް އާންމު ކޮށްފަ އެވެ. މި ކެރެކްޓާތަކުގެ ތެރޭގައި ހިމެނޭ ކަމަށް ނެޓްފްލިކްސްއިން އާންމު ކޮށްފައިވަނީ "ބޭންޑް ނާޑް ވިކީ"، "ބާސްކެޓް ބޯލް ޕްލެޔާ ޕެޓްރިކް"،"ގައިޑެންސް ކައުންސިލާ މިސް ކެލީ" އަދި "ޗިއާ ލީޑާ ކްރިސީ" ކަމަށެވެ.

ސްޓްރޭންޖާ ތިންގްސް ސީޒަން ހަތަރެއް ނެރޭނެ ވަކި ތާރީހެއް އަދި ނެޓްފްލިކްސްއިން އިއުލާން ކޮށްފައެއް ނުވެ އެވެ. އަދި މި ސީޒަންގެ ފުރިހަމަ ޓީޒާ އެއް ވެސް އަދި ނުނެރެ އެވެ. ނަަމަވެސް ނެޓްފްލިކްސްއިން ހާމަކޮށްފައިވާ ގޮތުން 2022 ވަނަ އަހަރުގައި ރިލީޒް ކުރުމަށް ސީރީޒް ތައްޔާރުވަމުން އެބަދެ އެވެ.

ސްޓްރޭންޖާތިންގްސް ސީޒަން ތިނެއް ނެރެފައިވަނީ 2019 ވަނަ އަހަރުގަ އެވެ.