ދުނިޔެ

އުތުރު ކޮރެއާއަށް ލުއިދޭން އަދި ނުވިސްނަން: އދ

އދގެ ސަލާމަތީ މަޖިލީހުން އުތުރު ކޮރެއާއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކަށް ލުއިދޭން ވިސްފައި ނެތް ކަމަށާއި އެއީ އެޖެންޑާގައި ވެސް އޮތް ކަމެއް ނޫން ކަމަށް އދގެ އޮފިޝަލަކާ ހަވާލާދީ ރަޝިއާގެ ޓާސް ނޫސް އެޖެންސީން ބުނެފި އެވެ.

އުތުރު ކޮރެއާއަށް ލުއިދިނުމާ ބެހޭ މައުލޫއަށް މިދާކަށް ދުވަހު ޗައިނާއިން ވަނީ ވާހަކަދައްކާފަ އެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ވިދާޅުވީ ބައިނަލްއަގްވާމީ ޖަމާއަތް ގުޅިގެން އުތުރު ކޮރެއާއަށް ލުއިލިބޭތޯ އދ. ގައި މަސައްކަތްކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ.

އެމެރިކާއާ ދެކުނު ކޮރެއާ ގުޅިގެން އަސްކަރީ ފަރިތަކުރުންތަކެއް ބާއްވަން މަޝްވަރާކުރެވިފައި ވާތި އެކަމުގައި އުތުރު ކޮރެއާގެ ކަންބޮޑުވުން އޮތް ކަމަށް ވެސް ޗައިނާއިން ވަނީ ބުނެފަ އެވެ. އަދި ބުނީ އުތުރު ކޮރެއާއާއެކު ސުލްހައިގެ ވާހަކަތައް ދެކެވެމުން އަންނައިރު އެމީހުންގެ ކަންބޮޑުވުންތަކަށް ލުޔެއް ދިނުން ރަނގަޅުވާނެ ކަމަށެވެ.

އދގެ އޮފިޝަލް ވިދާޅުވި ކަމަށް ޓާސް ނޫސް އޭޖެންސީ ބުނީ އުތުރު ކޮރެއާއަށް ލުއިދޭން އދ. އިން މިއަހަރު އެޖެންޑާކުރާނެ ކަމަށް ނުފެންނަ ކަމަށެވެ.

އޭނާ ވިދާވި ގޮތުން ކޮންމެ އަހަރެއްގެ މިދުވަސްވަރު ސަލާމަތީ މަޖިލީހުގެ އެޖެންޑާ އޮންނަނީ ފުރިފަ އެވެ. އެހެންކަމުން މުޅިން އަލަށް މައުލޫއަކަށް ބަހުސްކުރަން ހުޅުވާލާ ނަމަ ކުރިއާލައި އެކަމެއް ހަމަޖައްސަން ޖެހެ އެވެ.