އޮލިމްޕިކް ޓްރެކް އަދި ފީލްޑްގައި އިންޑިއާގެ ފުރަތަމަ ރަން މެޑަލް ޖެވެލިން އުކުންތެރިޔާ ނީރާޖް ޗޯޕްރާ ހޯދައިދީފި އެވެ.
މިހާރު ކުރިއަށްދާ ޓޯކިޔޯ އޮލިމްޕިކްސް 2020ގެ ޖެވެލިން އުކުމުން ޗޯޕްރާ އެއްވަނަ ހޯދީ 87.58 މީޓަރު ދުރަށް ޖެވެލިން އަކައިގެންނެވެ.
މީގެ ކުރިން އޮލިމްޕިކްސްގެ ޓްރެކް އަދި ފީލްޑްގައި އިންޑިއާއަށް މެޑައްޔެއް ލިބިފައި ވަނީ 1900 ވަނަ އަހަރުގަ އެވެ. އެއަހަރު ޕެރިސްގައި އޮތް އޮލިމްޕިކްސްގައި އިންޑިއާގެ ދުވުންތެރިޔާ ނޯމަން ޕްރިޗާޑް ވަނީ 200 މީޓަރު ދުވުމުންނާއި 200 މީޓަރު ހާޑަލް ދުވުމުން ރިހި މެޑަލް ކާމިޔާބު ކޮށްފަ އެވެ.
މިފަހަރުގެ އޮލިމްޕިކްސްގައި ޖެވެލިން އުކައިގެން ރަން މެޑަލް ކާމިޔާބު ކުރި ޗޯޕްރާ އަކީ އޭޝިއަން ގޭމްސް އާއި ކޮމަންވެލްތު ގޭމްސް ގައި ވެސް ފުރަތަމަ ރަން މެޑަލް ކާމިޔާބު ކުރި އިންޑިއާގެ އެތުލީޓެވެ. އޭގެ ފަހުން ޓޯކިޔޯ އޮލިމްޕިކްސްގައި ވެސް އޭނާ މިވަނީ އޭނާގެ ނަން ވިދުވާލާފަ އެވެ.
ޖެވެލިންގެ ރަން މެޑަލް ޗޯޕްރާ ހޯދި އިރު ބާކީ ދެ މެޑަލް ކާމިޔާބު ކުރީ ޗެކް ރިޕްބަލިކުންނެވެ. ދެވަނަ ކާމިޔާބު ކުރީ ޔާގޫބް ވަޑްލެކް އެވެ. އަދި ތިން ވަނައިގައި ލޯމެޑަލް ކާމިޔާބު ކުރީ ވިޓެޒްލަވް ވެސްލީ އެވެ.