ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ތަކަންދޫ

ތަކަންދޫން ބަލި ޖެހުނު މީހުންގެ އަދަދު 35 އަށް

ހއ. ތަކަންދޫ އިން މިހާތަނަށް 35 މީހަކަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެ ރަށުން ކަރަންޓީންގައިވެސް ނެތް މީހަކު ޕޮޒިޓިވްވެ އަރާ ފޭބުން މަނާކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

އެ ރަށުން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ މެދު އުމުރުގެ އަންހެނެކެވެ. އެ މީހާއަށް ބަލިޖެހިފައިވާކަން އެނގުނީ ބަލީގެ އަލާމާތްތައް ހުރުމުން ކޮވިޑަށް ޓެސްޓް ކުރުމުންނެވެ. ޕޮޒިޓިވްވި މީހަކީ މި ފަހުން މާލެ އައިސްފައިވާ މީހެއްވެސް ނޫނެވެ.

އެ ކޭސްއާ ގުޅިގެން މިހާތަނަށް 35 މީހަކަށް ވަނީ ބަލިޖެހިފައެވެ.

އީދާއި ގުޅިގެން ކުޅިވަރުގެ ގިނަ ހަރަކާތްތަކެއްވެސް އޮތް ތަކަންދޫގައި ބަލީގެ ހާލަތު ގޯސްވެފައިވާއިރު ނުވަ ގެއެއް ވަނީ ކަރަންޓީނު ކޮށްފައެވެ.