ގައުމު ބިނާކުރުމުގައި ޓީޗަރުން އަދާކުރާ ދައުރު ސަރުކާރުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ރެހެންދި ސުކޫލުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އައިޝަތު ވިދާޅުވީ ނިމިދިޔަ ދިރާސީ އަހަރު ޓީޗަރުންގެ ފަރާތުން ފެނުނު ބުރަ މަސައްކަތާއި ކެތްތެރިކަން ބަލައިގަންނަ ކަމަށާއި ހުރިހާ ޓީޗަރުން ކޮށްދެއްވާ މަސައްކަތަށް ޝުކުރު ހައްގު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޓީޗަރުން ކިޔަވައިދޭ ކޮންމެ ފިލާވަޅަކީ ދަރިވަރުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ފިލާވަޅަކަށް ވާން ޖެހޭނެ ކަމަށެވެ. ދިވެހި ދަރިވަރުންނަކީ އެންމެންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާ ދަރިވަރުން ކަމަށާއި އެކުދިން ކުޅެ، ހެދި ބޮޑުވާ މާހައުލަކީ ރައްކާތެރި މާހައުލެއްކަން ކަށަވަރު ކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.
ދިރާސީ އަހަރުގެ ކިޔެވުން ފެށުނުއިރު ކޮވިޑް-19ގެ ސަބަބުން އެއްވެ އުޅުން މަނާކުރި މަނާކުރުމަށް ނިމުމެއް އައިސްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދަސްކޮށްދިނުމަށާއި އުނގެނުމަށް އެންމެ މުހިއްމީ މުދައްރިސުންނާ ދަރިވަރުން ބައްދަލުވެގެން ކިޔެވުން ކަމަށެވެ. މި ފެށުނު ދިރާސީ އަހަރާ އެކީ ދަރިވަރުން ސްކްރީން ބަލާ ވަގުތު މަދުވެ މީހުންނާ ބައްދަލުވެ މީހުންގެ ތެރޭގައި އުޅުމަށް ފުރުސަތު ލިބިގެން ދިއުމުން އުފާ ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ތިޔައިގެ ތެރެއިން ގިނަ މީހުންނާ ކުދިން މިއަދަށް މަރުހަބާ ތިޔަކީ ވަރަށް ފޮނި އުއްމީދާ އެކީ. ދިރާސީ އަހަރު ގެނެސްދޭނޭ އާ ތަޖުރިބާތަކަށް، ކުރަމުން ދިޔަ އިންތިޒާރާއި ސުކޫލަށް ދިއުމަށް ވަމުންދިޔަ ތައްޔާރީތަކަށް ނިމުމުން ލިބޭ ހިތްހަމަޖެހުމާއެކު،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މޮޅުކުދިން މޮޅުވާ ސަބަބަކީ އެކުދިންގެ ހިންމަތާ މަސައްކަތް ކަމަށާއި ހިތްވަރާ ފަންވަރު ކަމަށެވެ. ކޮންމެ ކުއްޖަކު ވެސް ކޮންމެ ފަދަ ދަތި އުނދަގޫ ވެއްޓެއް އަދި ހާލަތެއް ބަރުދާސްތު ކުރަމުން އައި ނަމަވެސް، ކަށިން ހިތްވަރާ ރޫހު ނެރެގެން އުނގެނުމުގެ ފޯރިއާއެކު ކިޔެވުމަށް އިލްތިމާސްކުރެއްވި އެވެ. އަދި ކޮންމެ ދަރިވަރަކު ވެސް މަދުވެގެން އަމަލީ ދެ މަސައްކަތެއް ދަސްކުރުމަށް ވެސް އެދިވަޑައިގެންނެވި އެވެ.
ދިގު ޗުއްޓީއަކަށްފަހު ދަރިވަރުން ސުކޫލުތަކަށް ވަންނަ މަންޒަރު ފެނުމުން އުފާކުރައްވާ ކަމަށާއި ވޭތުވެ ދިޔަ ދުވަސްތަކަށްވުރެ ހިތްވަރާއި މިންނަތުން މަސައްކަތްކޮށް، ރަނގަޅު ނަތީޖާ ހޯދުމަށް ވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.