ވިޔަފާރި

ފެން ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ތިން ރަށެއްގައި ތަމްރީންކޮށްފި

Nov 22, 2015

ފެނާއި ނަރުދަމާގެ ހިދުމަތް އަލަށް ގާއިމް ކުރި ތިން ރަށެއްގައި މި ނިޒާމަށް ބޭނުންވާ މީހުން ގައުމީ ފެން ކުންފުނިން ތަމްރީން ކޮށްފި އެވެ.

ގައުމީ ފެން ކުންފުނި، މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތަމްރީންތައް ފުރިހަމަ ކުރި މުވައްޒަފުންނަށް ސެޓްފިކެޓް ދިނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި އެންވަރުމެންޓް މިނިސްޓްރީގެ ފަރާތުންނެވެ.

މި ތަމްރީން ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ އެނާޖީ މިނިސްޓްރީ އާއި ގައުމީ ފެން ކުންފުނި ގުޅިގެން ޔޫއެންޑީޕީގެ އެހީގަ އެވެ. މި ޕްރޮގްރާމުގެ ދަށުން ތިން ރަށަކުން މީހުން ތަމްރީން ކޮށްފައިވެ އެވެ. މީހުން ތަމްރީން ކުރި ރަށްރަށުގެ ތެރޭގައި ހއ. އިހަވަންދޫ އާއި އދ. މަހިބަދޫ އަދި ގދ. ގައްދޫ ހިމެނެ އެވެ. މި ޕްރޮގްރާމުގެ ދަށުން 10 މީހަކަށް ތަމްރީން ދީފައިވެ އެވެ.

މި ޕްރޮގްރާމުގައި ތަމްރީން ދިން ދާއިރާގެ ތެރޭގައި އާރްއޯ ޕްލާންޓް ހިންގާނެ ގޮތާއި ފެނުގެ ނިޒާމަށް މައްސަލައެއް ދިމާވެއްޖެނަމަ ހައްލުކުރާނެ ގޮތާއި ފެނުގެ ކޮލިޓީ ބަލަަހައްޓައި ތަހުލީލު ކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވެ އެވެ. މީގެ އިތުރުން ފެނުގެ ހިދުމަތް ދިނުމުގައި އާއްމު ގޮތެއްގައި ދިމާވާ މައްސަލަތައް ހައްލު ހޯދާނެ ގޮތްތައް ކިޔައިދީފައިވެ އެވެ.