އޮމްބަޑްސްޕާސްންސްގެ އޮފީސް

އިންތިގާލީ އޮފީހަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އޮމްބަޑްސްޕާސަން އޮފީހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން--
0%
0%
0%

އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަކަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބަލައި އިންސާފު ހޯދައި ދިނުމުގެ މަގްސަދު އުފެއްދި އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހު އެވެ. އަދި ކުރިން ހަމަޖެހިފައި އޮތް ގޮތުން މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 13 އަށް ހަމަވާނެ އެވެ.

ނަމަވެސް އެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ފުރުސަތު އަންނަ މަހުގެ 13 އަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ނުވަތަ ބަދަލު ހޯދުމަށް އެދޭ ފޯމު ފުރުމަށްފަހު އީމެއިލް ނުވަތަ ސީދާ އޮފީހަށް ވެސް މައްސަލަ ހުށަހެޅޭނެ ކަމަށެވެ.

އިންތިގާލީ އޮފީހަށް މިހާތަނަށް 84 އަށް ވުރެ ގިނަ މައްސަލަ މިހާތަނަށް ހުށަހަޅާފައިވާ އިރު ހުށަހެޅި 19 މައްސަލައެއް ބަލަން ވަނީ ނިންމައިފަ އެެވެ.

އެ އޮފީހަށް އެންމެ ގިނައިން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި މަދަނީ މައްސަލަތައް ހިމެނެ އެވެ.

އިންތިގާލީ އޮފީހުގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނަވާ ޗީފް އޮމްޕަޑްސްޕާސަން އަބްދުއް ސަލާމް އާރިފް މީގެ ކުރިން އަވަސް ވިދާޅުވީ އިންސާފު ހޯދަން އެ އޮފީހަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަތައް ބަލައި ކުރިއަށް ގެންދިއުމާ މެދު 15 ދުވަސް ތެރޭ ގޮތެއް ނިންމަވާނެ ކަމަށެވެ.

އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ އިންތިގާލީ އިންސާފުގެ އޮފީހެއް އުފެއްދުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ. ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތަކާއި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ވެސް ރައީސް ސޯލިހް ވަނީ ރިޔާސީ ކޮމިޝަން އުފައްދަވާފަ އެވެ. ނަމަވެސް ރައީސް އުފައްދަވާފައިވާ ކޮމިޝަންތަކުންނާއި އެކިއެކި ކޮމިޓީތަކުގެ މަސައްކަތުން އިންސާފު ނުލިބޭތީ އާންމުންގެ ފާޑުކިޔުން ބޮޑެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345