އޮމްބަޑްސްޕާސްންސްގެ އޮފީސް

އަމީނާއި ޓީީވީއެމްގެ މައްސަލަ ބަލައިގެންފި

ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް -- ފޮޓޯ: އަވަސް
0%
0%
0%

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު ސަލާމަތީ ބާރުތަކުން ޓީވީއެމްގެ އިމާރާތަށް ވަދެ ކޮންޓްރޯލް ނެގި މައްސަލައާއި ކުރީގެ ރައީސް މުހައްމަދު އަމީން ދީދީއަށް އިންސާފު ހޯދައިދިނުމަށް އެދި އިންތިގާލީ އޮފީހަށް ހުށަހެޅި މައްސަލަ ބަލަން އެ އޮފީހުން ނިންމައިފި އެވެ.

އެ ދެ މައްސަލަ ވެސް އިންތިގާލީ އޮފީހަށް މިދިޔަ މަހު ކުރީކޮޅު ހުށަހެޅުއްވީ ވެރިކަންކުރާ އެމްޑީޕީގެ މާފަންނު މެދު ދާއިރާަގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

އިންތިގާލީ އޮފީހުން އޭނާއަށް ފޮނުވި ސިޓީގެ ޖަވާބުގައި ބުނީ އެ ދެ މައްސަލައަކީ ވެސް އާންމު މަސްލަހަތު ހިމެނޭ ކަމަކަށްވާތީ ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތު ހޯދުމަށް ފަހު ތަހުގީގު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ޓީވީއެމްއާ ގުޅޭ ގޮތުން އިބްރާހިމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވާ ގޮތުގައި އިބްރާަހިމް ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު ފުލުހުންނާއި ސިފައިން ޓީވީއެމްގެ އިމާރަތަށް ވަދެ މުވައްޒަފުން ރަހީނުކޮށް އެ ޓީވީގެ ފްރީކުއަންސީ ހުއްޓުވައި އަދި ވީޓީވީ ޗެނަލް ދައުލަތުގެ މީޑިއާގް ފްރީކުއަންސީގައި ދެއްކި ކަމަށެވެ. އެހެންވެ އެކަން ހިނގައި ދިޔައީ ކޮންގޮތަކަށްތޯ ބަލައި އެކަން ކުރަން އަމުުރު ކުރި ފަރާތައްވެސް ހޯދައި ޖިނާއީ ތަގުގީގެއް ހިންގުމަށް އެދިފައި ވެއެވެ.

ރައީސް އަމީނަށް އަނިޔާކޮށް ހަވަރަށް ދިނީ ކޮންބައެއްކަން މިއަދާ ހަމައަށް ވެސް ސާބިތުވެފައި ނުވާތީއާއެކު އެ މީހުންނާ މެދު ޝަރީއަތްކޮށްފައިވޭތޯ ބަލައި ކަންކަން ސާފުކުރަން ވެސް ހުށަހަޅުއްވާފައިވެ އެވެ. އަދި ހަވަރަށް ދިން މީހުންނަށް އިންސާފުގެ ތެރެއިން ނިޔާއެއް ކަނޑައަޅަން ބޭނުންވާ ކަމަށް ވެސް ބުނެފައިވެ އެވެ،

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސަލީމް

ކޮޅެއްގަ ޖެހެން ނެތްކަންކަން ހުށަހަޅއިގެން ވަގުތު ބޭކާރުވުންނޫން ކަމެއްނުވާނެއެވެ. އިތުރު މައްސަލަތައް ފެންމަތިވެ އިތުރު ހަމަ ނުޖެހުން އުފެދުންނޫންކަމެއް ނުވާށނެއެވެ. އަމީން ދީދީ އަށް އެދުވަހު އިންސާފު ނުލިބުނަސް ޤިޔާމަތް ދިވަހުން ލިބޭނެއެވެ. އަވަހާރަ ވިތާ 70 އަހަރު ވެފައިވާ މީހެއްގެ މައްސަލަތައް ބަލަން އުޅުމަށްވުރެ ފާޅުގައި ވަޅިތައްހަރައި މަރާލި އަނަސްގެ މައްސަލަ ބަލަން އުޅުނިއްޔާ މާ ތާހިރުވާނެއެވެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345