ކަނޑުމަތީގެ ހާދިސާ

ދެ ލޯންޗެއް އެކްސިޑެންޓްވެ ހަ މީހަކަށް އަނިޔާވެއްޖެ

Nov 22, 2015
1

ހދ. ހަނިމާދޫ ނެރު ކައިރީ ދެ ލޯންޗް ޖެހި ހިނގި އެކްސިޑެންޓްގައި ހަ މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި އެމީހުނނަށް ފަރުވާދޭން ފަށައިފި އެވެ. އެކްސިޑެންޓްވީ ކުޅުޅުދުއްފުށީ ލޯންޗާއި އެ އަތޮޅު ހިރިމަރަދޫ ލޯންޗެކެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ އިރުއޮއްސި ގާތްގަނޑަކަށް 6:10 އެހާކަންހާއިރު އެވެ.

އެއާޕޯޓް އޮންނަ ހަނިމާދޫ ނެރުމަތީގައި ހިނގި އެކްސިޑެންޓްގައި ދެ ލޯންޗް ވެސް ނެރު ކައިރިއަށް އަޑިއަށް ދިޔައިރު، އަނިޔާވެ ފަރުވާ ދެމުން އަންނަނީ ދިވެހިންތަކަކަށް ކަމަށް ފުލުހުން ބުންޏެވެ. ހަނިމާދޫ ސިއްހީ މަރުކަޒުގައި އެ އެންމެންނަށް ފަރުވާދޭ އިރު ބައެއް މީހުންގެ ތަންތަން މަށައިގެން ގޮސް އެކެއްގެ ކޮޑުހުޅުން ނެއްޓިފައިވާ ކަމަށް ވެސް ވެ އެވެ.

އެ އަތޮޅުގެ ހަބަރުތައް ގެނެސްދޭ ކުޅުދުއްފުށީ އޮންލައިން އިން ބުނީ ބައެއް މީހުންގެ ގައިގެ އެކި ތަންތަނުން ބޮޑެތި ޒަހަމްތައް ލިބި އަދި ބައެއް މީހުންގެ ވަނީ ބޯ ފަޅައިގެންވެސް ގޮސްފަ އެވެ. އަދި ދެ މީހެއްގެ ލޯމަތި ފަޅައިގެންގޮސްފައިވާ އިރު އެކަކު ވަނީ ކޮނޑުހުޅު ނައްޓައިގެން ގޮސްފައި ކަމަށް އެ ނޫހުން ބުންޏެވެ.

މި އެ އެކްސިޑެންޓް ހިނގަން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކްސިޑެންޓަށްފަހު އަޑިއަށް ގޮސްފައިވާ ދެ ލޯންޗު ނެގުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންނާއި އާންމުން ގުޅިގެން ދަނީ ކުރަމުންނެވެ.