މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ކޮންޓެއިނަރެއްގެ މަތިން ވެއްޓި އަނިޔާވެއްޖެ

އެމްޕީއެލްގެ މުދާ ޖަމާ ކުރާ ސަރަހައްދު: މި ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓައް ހިނގާ
0%
0%
0%

ކޮންޓެއިނަރެއްގެ މަތިން ވެއްޓި އެމްޕީއެލްގެ މުވައްޒިފަކަށް އަނިޔާވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ 9:30 ހާއިރު އެވެ.

އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ އޭނާ ކޮންޓެއިނަރު ސްޕްރެޑަރު އަޅުވަން އުޅެނިކޮށް ބޯޓު ރޯލު ކުރުމުން ސްޕްރެޑާ އޭނާ ގައިގައި ޖެހި ކަހާލައި ތިރީގައި ހުރި ކޮންޓެއިނަރު މައްޗަށް ވެއްޓިިިފައިވާ ކަމަަށެވެ. އޭނާގެ ކަނާއަތު އޮޅަބޮޅި ވަނީ ނެއްޓިިފައެވެ. މިހާރު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

އޮފިޝަލް ވިދާޅުވީ ހާދިސާ ހިނގި އިރުގައިވެސް މުވައްޒަފު ހުރީ އެމްޕީއެލް ބަނދަރު ސަރަހައްދުގައި އުޅެންޖެހޭ ސޭފްޓި ކަންތައްތައް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މިހާރު ދަނީ ބޮލަށް އެއްވެސް ގެއްލުމެއް ވެފައިވޭތޯ ބެލުމަށް ސީޓީ ސްކޭނެއް ހަދަމުންދާ ކަމަަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345