ގުރައިދޫ މަރުކަޒު

ގުރައިދޫ މަރުކަޒަށް އަދިވެސް ސައިކޭޓްރިސްޓަކު ހަމަނުޖައްސާ

ގުރިއިދޫ މަރުކަޒުގެ އޮފީސް. ގުރައިދޫ މަރުކަޒަށް އަދިވެސް ސައިކޭޓްރިސްޓަކު ހަމަނުޖައްސާ---
0%
0%
0%

ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަަހައްޓަން ކ. ގުރައިދޫގައި ހަދާފައިވާ މަރުކަޒަށް އަދިވެސް ސައިކޭޓްރިސްޓަކު ހަމަނުޖައްސާ ކަމަށް އެ މަރުކަޒުން ބުނެފި އެވެ.

ގުރައިދޫ މަރުކަޒުގެ ސީއީއޯ ޔޫޝައު ޝިހާން "އަވަސް" އަށް ވިދާޅުވީ އެ މަރުކަޒުގައި ސައިކޭޓްރިސްޓަކު އެންމެ ފަހުން މަސައްކަތް ކުރީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށެވެ. އަދި އޭގެ ފަހުން އެތައް ފަހަރަކު އިއުލާންކޮށްގެން ވެސް އެ ވަޒީފާއަށް މީހަކު ހަމަނުޖެހުނު ކަމަށެވެ.

"އެންމެ ފަހުން އިއުލާންކުރީ މިދިޔަ އަހަރު އޮކްޓޯބަރު ހިސާބުގައި. ދެން ވާގޮތަކީ ސައިކޭޓްރިސްޓުންނަކީ ހަގިގަތުގައި އެމްބީބީއެސްއަށް ވުރެ މަތީ ދަރަޖައިގެ ބައެއް. ދެން ރާއްޖޭގައި ކިޔަވައިގެން ތިބި މީހުންވެސް މަދުކަމާއެކު ކޮވިޑާ ގުޅިގެން މީހުން ހޯދަން ދަތިވި ކަމަށް ބެލެވެނީ" ޔޫޝައު ވިދާޅުވި އެވެ.

ގުރައިދޫ މަރުކަޒުގައި ނަފްސާނި ގޮތުން ސީރިއަސް މީހުން ސައިކޭޓްރިސްޓުންނަށް ދައްކަން މިހާރު ގެންނަނީ މާލެ އަށެވެ. އަދި އެ ނޫން މީހުން ވީޑިއޯ ކޯލް މެދުވެރިކޮށް ޑޮކްޓަރަށް ދައްކަ އެވެ.

ގުރައިދޫ މަރުކަޒުގެ ހާލަތު ގޯސްވެ އެތަނުން ހިދުމަތް ނުލިބިގެން އެ މައްސަލަ މަޖިލީހުގެ ޖެންޑާ ހިއުމަން ރައިޓްސް ކޮމިޓީން މިދިޔަ އޭޕްރީލް މަހު ބެލި އެވެ. އޭރު އެ މަރުކަޒުގައި ޑޮކްޓަރުންނާއި ނަރުހުންވެސް ނެތެެވެ. ހަމައެކަނި އޭރު ހުރީ ފިޒިއޮތެރެޕިސްޓެއް އެކަންޏެވެ.

ނަމަވެސް ފަހުން ވަނީ ތިން ނަރުހުންނާއި ޑޮކްޓަރަކު އެ މަރުކަޒަށް ހަމަޖައްސާފަ އެވެ. އަދި ޑަބްލިއުއެޗްއޯގެ ކޮންސަލްޓެންޓަކުވެސް މިހާރު ދަނީ މަރުކަޒަށް ކޮންސަލްޓެންސީ ދެމުންނެވެ.

ގުރައިދޫ މަރުކަޒު ނުބެލެހެއްޓޭ ކަަމަށް މަޖިލީހުގައި ޖެންޑާ މިނިސްޓްރީން ކޮމިޓީގައި އެއްބަސްވެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910