ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ ހަވީރު 4:00 ގައެވެ.

ރައީސް އޮފީހުގައި ކުރިއަށްދާ މި ބައްދަލުވުމަކީ ރައީސް ސޯލިހު ނޫސްވެރިންނާ އެކު ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބާއްވާ ބައްދަލުވުމެކެވެ.

ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު ހުރި ގައުމީ މުހިއްމު މައްސަލަތަކުގައި ވާހަކަދައްކަވާނެ ކަމަށް ބެލެވެ އެވެ.

ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައި މިވަނީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ދެބައިވެ އެ ޕާޓީ ތެރޭގައި ބޮޑެތި ކޯޅުންތައް ހިނގަމުންދާ ވަގުތެއްގަ އެވެ. އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ގޭގައި ބަހައްޓަވާފައިވާ ވަގުތެއްގަ އެވެ.