އެމްޓީސީސީ

ދާންދޫގެ ބިން ހިއްކަން ފަށަނީ

ގއ. ދާންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމައް ތައްޔާރު ވެއްޖެ އެވެ.

މިމަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މިފަދަ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދާ އެމްޓީސީސީ އަށެވެ.

އެމްޓީސީސީން މިއަދު ބުނީ ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިމަހުގެ 10 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި، 1238 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

ދާންދޫގައި ހިންގާ މި މަޝްރޫ އަކީ ސަރުކާރުގެ ބަޖެޓުން 186.6 މިލިއަން ރުފިޔާ ހަަރދުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.