ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)

ރާއްޖޭގެ އެންމެ ދެކުނަށް އާރްޓީއެލް ފެރީގެ ދަތުރުތައް ހިލޭ

އާރްޓީއެލްގެ ފެރީއެއް
0%
100%
0%

ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު އާރްޓީއެލް ފެރީން މިމަހު ގުޅާލުމަށްފަހު މި ދަތުރުތަކަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ގޮތުން ވަކުި މުއްދަތަކަށް ހިލޭ ދަތުރުތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ދަތުރުތައް ހިލޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 އިން 24 އަށެވެ.

މި ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އައްޑޫ ސިޓީގެ ފޭދު އާއި ފުވައްމުކަލަކާއި ގދ. ވާދޫ މެދުވެރިކޮށް ގުޅާލާފައިވާ ރޫޓުންނެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ގުޅާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތެރޭގައި އައްޑޫ ސިޓީގައި އާރްޓީއެލް ފެރީގެ ދަތުރުތައް ފެށުމަށްފަހު އެވެ.

އާރްޓީއެލް ފެރީގެ ނިޒާމަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ޕްލޭނިން މިނިސްޓްރީން ދެމުންދާ ހިދުމަތެކެވެ.

އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ޖޫން 12، 2022 ގައެވެ. ރާއްޖޭގެ ހުރިހާ ރަށްތަކެއް ފެރީގެ ނިޒާމުން ގުޅާލުމަށް ކުރާ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި މުޅިން ނިމިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345