އެމްޓީސީސީ

އަތޮޅުތެރޭގެ އާރްޓީއެލް ބަހުގެ ހިދުމަތުގައި މާސްޓާ އަދި ވިސާ ކާޑު ބޭނުންކުރެވޭ ގޮތް ހަދައިފި

ރަށެއްގައި އާރްޓީއެލް ބަހުގެ ހިދުމަތް ޓެސްޓް ކުރަނީ -- ފޮޓޯ: އެމްޓީސީސީ
0%
0%
0%

ރާއްޖެ ޓްރާންސްޕޯޓް ލިންކް -- އާރްޓީއެލް އަތޮޅު ތެރޭގެ އާންމު ބަހުގެ ހިދުމަތުގައި ކޮންޓެކްޓްލެސް މާސްޓާކާޑު އަދި ވިސާ ކާޑު ބޭނުންކޮށްގެން ފައިސާ ފެއްކޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ -- އެމްޓީސީސީން ބުނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ހއ. ދިއްދޫ، ލ. ގަން، ލ. ފުނަދޫ އަދި ލ. އިސްދޫ / ކަލައިދޫގައި ދެމުންގެންދާ އާރްޓީއެލް ބަސް ހިދުމަތަށް މާސްޓާކާޑު އަދި ވިސާ ކޮންޓެކްޓްލެސް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމު މިއަދުން ފެށިގެން ހަމަޖައްސާފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނި ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އަދި އެހެނިހެން ބޭންކްތަކުން ދޫކޮށްފައިވާ ކޮންޓެކްޓްލެސް ޑެބިޓް އަދި ކްރެޑިޓް އީ.އެމް.ވީ މާސްޓާ ކާޑު އަދި ވިސާ ކާޑު މެދުވެރިކޮށް އާރްޓީއެލް އަތޮޅު ތެރޭގެ އާންމު ބަހުގެ ހިދުމަތުގެ ޓީކެޓް ގަނެވޭނެ އެވެ.

އާރްޑީއެލްގެ ދަށުން އަތޮޅު ތެރޭގައި ދެމުންގެންދާ އާންމު ބަހުގެ ހިދުމަތުގައި "ފިކްސްޑް ފެއާ" ރޫޓާއި "ޑިސްޓެންސް ފެއާ" ރޫޓު ހިމެނެ އެވެ.

"ފިކްސްޑް ފެއާ" ރޫޓުގައި މުޅި ރޫޓަށް ކަނޑައަޅާފައިވާނީ އެއް އަގެއް ކަމުން މި ރޫޓުން ދަތުރުކުރާއިރު ކަސްޓަމަރުން ޓިކެޓް ވެލިޑޭޓަރުގައި ޓެޕް ކުރަން ޖެހޭނީ ބަހަށް އަރަމުން ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީން ބުނީ "ޑިސްޓެންސް ފެއާ" ރޫޓުގައި އަގު ކަނޑަޅާފައިވާނީ އެ ރޫޓުގައި ދަތުރުކުރާ ދުރުމިނަށް ބިނާކޮށް ކަމަށާއި މި ރޫޓުގައި ދަތުރުކުރާ ކަސްޓަމަރުން ބަހަށް އަރަމުން "ޓެޕް އިން" ކުރާ ފަދައިން ބަހުން ފައިބާއިރު "ޓެޕް އައުޓް" ކުރަންޖެހޭނެ ކަމަށެވެ.

"ޑިސްޓެންސް ފެއާ" ދަތުރުތަކުގައި "ޓެޕް އައުޓް" ކުރަން ހަނދާން ނެތިއްޖެނަމަ އެ ރޫޓަށް ކަނޑައަޅާފައިވާ ޖުމްލަ އަގު ކެނޑޭނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345