ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)

އާރްޓީއެލް ފެރީ ނިޒާމުން ދެކުނުގެ ހަތަރު އަތޮޅު ގުޅާލައިފި

ދެކުނުގެ ހަތަރު އަތޮޅު ގުޅާލައި މިއަދު ފުރަތަމަ ދަތުރުތަކަށް މީހުން ފެރީއަށް އަރަނީ -- ފޮޓޯ: އެމްޓީސީސީ
0%
0%
0%

ރާއްޖެ ޓްރާންސްޕޯޓް ލިންކް -- އާރްޓީއެލް ފެރީ ބޭނުންކޮށްގެން ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ގުޅައި ރަސްމީކޮށް މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.

މިއަދުން ފެށިގެން ކުރިއަށް އޮތް އެއް ހަފްތާއަށް ހިލޭ މިދަތުރުތައް ކުރިއަށް ގެންދެވޭނެ އެވެ. ހިލޭ ދަތުރުކުރަން ފުރުސަތު ދީފައިވަނީ އާންމުން ދަތުރުތަކަށް އަހުލުވެރިކުރުވުމަށާއި ދަތުރު ތަޖުރިބާކޮށް އާންމުންގެ ހިޔާލާ އެއްގޮތަށް ދަތުރުތައް އިތުރަށް ފުރިހަމަކުރުމަށެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ގުޅާލާފައިވަނީ ސްޕީޑް ދެ ފެރީ ބޭނުންކޮށްގެން ދެ ފެރީ ރޫޓަކުންނެވެ.

ގައުމީ ފެރީ ނިޒާމުގައި އަތޮޅުތައް ޒޯންތަކަށް ބެހިފައިވާ ގޮތް

  • ފުރަތަމަ ޒޯން: ހއ | ހދ | ށ
  • ދެވަނަ ޒޯން: ނ | ރ | ބ | ޅ
  • ތިންވަނަ ޒޯން: ކ | އއ | އދ | ވ
  • ހަތަރުވަނަ ޒޯން: މ | ފ | ދ | ތ | ލ
  • ފަސްވަނަ ޒޯން: ގއ | ގދ
  • ހަވަނަ ޒޯން: ފުވައްމުލައް | އައްޑޫ ސިޓީ
ދެކުނުގެ ހަތަރު އަތޮޅު ގުޅާލައި މިއަދު ފުރަތަމަ ފެރީ ދަތުރު ފަށައިގެން ކުރިއަށް ގެންދަނީ -- ފޮޓޯ: އެމްޓީސީސީ

އާރްޓީއެލް ފެރީގެ ހިދުމަތް ދޭން ފެށި ފަހުން ހއ. އަތޮޅާއި، ހދ. އަތޮޅާއި، ށ. އަތޮޅާއި، ޅ. އަތޮޅުގެ އިތުރުން ގއ. އަތޮޅާއި ގދ. އަތޮޅު މިހާރު ވަނީ ހިދުމަތް ދޭން ފަށާފަ އެވެ.

ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކުގައި ރަށްތައް ގުޅާލުމަށް ނިންމާފައިވަނީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކަކުންނެވެ.

ކޮމިއުޓް ލިންކަކީ ކައިރި ރަށްތަކުގެ މެދުގައި ދުވަހުން ދުވަހަށް ކުރާ ދަތުރުތަކެވެ. ނަން-ކޮމިއުޓް ލިންކަކީ ތަންކޮޅެއް ދުރުގައިވާ ދެ ރަށެއްގެ ދެމެދުގައި ކުރާ ދަތުރުތަކެކެވެ. މިކަހަލަ ދަތުރުތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ކުރަން ނުޖެހޭ އެއާޕޯޓް ދަތުރުތަކާއި ވިޔަފާރީގެ ބޭނުމުގައި ކުރާ ދަތުރުތައް ހިމެނެ އެވެ. ހައިވޭ ލިންކަކީ އެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބާ، އަނެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބް ގުޅުވާލުމަށް ކުރާ ދިގު ދަތުރުތަކެކެވެ.

އާރްޓީއެލްގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ފެރީގެ ކިއުއާރް ޓިކެޓް ލިބޭނެ އެވެ. އެފް ސްޓޯ އަދި ގޫގުލް ފްލޭ ސްޓޯރުން އާރްޓީއެލްގެ އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345