ޑރ. އަބްދުﷲ މުއްތަލިބް

ކުންފުނިތަކަށް މަޝްރޫއުތައް ދީފައިހުރީ ނުކަތާވަރަށް: މުއްތަލިބް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
0%
0%
0%

ކުންފުނިތަކުގައި ކެޕޭސިޓީ ނެތް މިންވަރަށް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް -- ޕީއެސްއައިޕީ މަޝްރޫއުތައް ހަވާލުކޮށްފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މަޝްރޫއުތައް ހުއްޓޭ ސަބަބުތަކުގެ ތެރޭގައި އެޑްވާންސް ފައިސާ ނުދިނުމާއި ކުންފުނިތަކުގައި ނެތް ކެޕޭސިޓީގައި މަސައްކަތްތައް ހަވާލުކުރުން ހިމެނޭ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

އެ ގޮތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް މިހާރުވެސް 35 އަށްވުރެ ގިނަ މަޝްރޫއު ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ހުރިހާ ޕްރޮޖެކްޓެއް އެއްފަހަރާ ކުރިއަށް ގެންދިއުމުގެ ކެޕޭސިޓީ ހުރި ކުންފުންޏެއް ނޫން އެއީ،" އާރްޑީސީއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޓީސީސީއަށް ވެސް ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ.

"އެމްޓީސީސީއަށް އުސޫލެއްގެ ގޮތުން އާންމުކޮށް އެބޭފުޅުންގެ ހުރި ކެޕޭސިޓީގައި ކުރިއަށް ގެންދެވޭނީ 40 އާއި 60 ޕްރޮޖެކްޓާ ދެމެދުގެ އަދަދެއްގެ. އެހެން ނަމަވެސް 160 ޕްރޮޖެކްޓްވަރު މިހާރުވެސް ސޮއިކޮށްފަ އެބަ އޮތް އެބޭފުޅުންގެ،" މުއްތަލިބް ވިދާޅުވި އެވެ.

މީގެ އިތުރުން މަޝްރޫއުތައް އާންމުކޮށް ޓެންޑާއަށް ހުޅުވާ ނުލައި ސަރުކާރު ކުންފުނިތަކާ ހަވާލުކުރުމުންވެސް މަޝްރޫއުތައް ކުރިއަށް ނުގޮސް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910