ޑރ. އަބްދުﷲ މުއްތަލިބް

އެޑްވާންސް ނަގައިގެން ބައެއް ކުންފުނިން ވިޔަފާރިކުރޭ: މުއްތަލިބް

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ: މަޖިލިސް
0%
0%
0%

ދައުލަތުގެ ބައެއް މަޝްރޫއުތަކުން އެޑްވާންސް ފައިސާ ނަގައިގެން ބައެއް ކޮންޓްރެކްޓަރުން ވިޔަފާރި ކުރަމުންދާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ދައުލަތުގެ މަޝްރޫއުތަކުން އެޑްވާންސް ފައިސާ ނަގައިގެން ބައެއް ކުންފުނިން ފިލައިގެންދާ ކަމަށެވެ.

އެ ގޮތުން 2023 ވަނަ އަހަރާއި އޭގެ ކުރިން މަޝްރޫއުތައް ނަގައިގެން ކޮންޓްރެކްޓަރުން އެޑްވާންސް ފައިސާ ނެގުމަށްފަހު ފިލައިގެން ވިޔަފާރިކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"2023 ވަނަ އަހަރުގައި ހާއްސަކޮށް އަދި އޭގެ ކުރިންވެސް ބައެއް ޕްރޮޖެކްޓްސްތައް މި ހުންނަނީ ކޮންޓްރެކްޓަރުން ބިޑްކޮށްގެންވެސް އަދި އެހެން ގޮތަކުންވެސް ނަގާފަ އެޑްވާންސް ޕޭމަންޓް ނަގައިގެން ދެން ފިލަނީ އެއްވެސް މަސައްކަތެއް ނުކޮށް. ދެން މި ކުރައްވާ ކަމަކީ އެއިން ވިޔަފާރި ކުރައްވަނީ،" މުއްތަލިބް ވިދާޅުވި އެވެ.

މިނިސްޓަރު މުއްތަލިބް ވިދާޅުވި ގޮތުގައި އެ ގޮތަށް ވިޔަފާރިކޮށް ފައިދާ ހޯދައިގެން ފަސް އަހަރު ނުވަތަ 10 އަހަރު ފަހުން އާ ޕްރޮޖެކްޓްތައް ހިންގަން އެ ފަދަ ކުންފުނިތަކުން މަސައްކަތްކުރެ އެވެ.

އެޑްވާންސް ފައިސާ ނަގައިގެން ވިޔަފާރިކުރުމުގެ ސަބަބުން ދައުލަތަށް ގެއްލުންވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345