ރައްޔިތުންގެ މަޖިލިސް

ސޮއިކޮށްފައި 36 ބިލިއަން ރުފިޔާގެ މަޝްރޫއު، ބަޖެޓު ފަސް ބިލިއަން

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
0%
0%
0%

ސޮއިކޮށްފައިވާ ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކުގެ އަގު 36 ބިލިއަން ރުފިޔާއަށްވުރެ އިތުރު ކަމަށާއި ނަމަވެސް އެ މަޝްރޫއުތަކަށް މި އަހަރަށް ލިބިފައިވަނީ ފަސް ބިލިއަނަށްވުރެ ކުޑަ އަދަދެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ 36.8 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫއުގައި ސޮއިކޮށްފައިވާ ކަމަށެވެ.

"މަސައްކަތް ފެށިފައި ހުރި މަޝްރޫއުތަކަކީ (ސާވޭ މަސައްކަތްތަކާއެކު) 31.5 ބިލިއަން ރުފިޔާ. އަޅުގަނޑުމެންނަށް ލިބިފައި އިނީ ފަސް ބިލިއަނަށްވުރެ ކުޑަ އަދަދެއް މި އަހަރު،" މުއްތަލިބް ވިދާޅުވި އެވެ.

ބަޖެޓު އޮތް ގޮތުން މަޝްރޫއުތައް ކުރިއަށް ގެންދަންޖެހެނީ ޕްރައޮޓައިޒް ކޮށްގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މުއްތަލިބް ވަނީ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ވަރަށް ބަޖެޓުގައި ފައިސާ ހިމަނައިދިނުމަށް މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މިނިސްޓަރު މިހެން ވިދާޅުވިއިރު މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް އަށް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345