ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޖަރުމަންގެ ނަރުހަކު ކޮވިޑް ވެކްސިންގެ ބަދަލުގައި ސެލައިން ދީފި

ޖަރުމަންގެ ނަރުހަކު ކޮވިޑް ވެކްސިން ދޭންޖެހޭ ބަޔަކަށް ގަސްދުގައި ސެލައިން – އިންޖެކްޝަންގެ ގޮތުގައި ދޭ ލޮނުފެން ދިން މައްސަލަ ބޮޑުވެއްޖެ އެވެ.

ޖަރުމަނު ފުލުހުން ބުނާ ގޮތުން 8،500 އަށް ވުރެ ގިނަ މީހުންނަށް މިއަނިިިޔާ ދީފައިވާ ކަމަށް ބެލެވެ އެވެ.

ފުލުހުން ބުނީ އެ ނަރުހަކީ ވެކްސިން ޖަހަން ދެކޮޅު ހަދާ މީހެއް ކަމަށް ބެލެވޭ ކަމަށެވެ. އޭނާގެ ފޭސްބުކްގައި އެންޓި ވެކްސިން – ވެކްސިން ޖެހުމާ ދެކޮޅު ވާހަކަތައް ހުރި ކަމަށާއި އޭނާގެ ޕޯސްޓައް ބަލާ މީހުންގެ ތެރޭގައި ވެސް ވެކްސިނާ ދެކޮޅު މީހުން އުޅޭ ކަމަށެވެ.

ޚަބަރުތައް ބުނާ ގޮތުން މިވާހަކަތައް ފުލުހުންނަށް ހުށަހެޅީ އެ ނަރުހާ އެކު މަސައްކަތްކުރާ މީހެކެެވެ. އޭނާ ބުނީ ސިރިންޖަށް ސެލައިން އަޅާތަން އެނާ ދުށް ކަމަށެވެ.

ރިިޕޯޓްތައް ބުނާ ގޮތުން މިހާދިސާ ހިނގި ދުވަސްވަރު ވެކްސިން ޖެހުމަށް 9،673 މީހުން ރަޖިސްޓަރީ ވެފައިވެ އެވެ. އޭގެ ތެރެއިން މިކަން ތަޖުރިބާކޮށްފައި ވަނީ ކިތައް މީހުންކަން ބުނެދޭން ނޭނގޭ ކަމަށް ފުލުން ވަނީ ބުނެފަ އެވެ.

ހަށިގަނޑަށް ސެލައިން ޖެހުމަކުން އާދައިގެ ހާލަތްތަކުގައި ގެއްލުމެއް ނުލިބޭނެ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. އެހެންނަމަވެސް ސެލައިން ޖެހި މީހުން އަލުން ކޮވިޑް ވެކްސިން ޖަހަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ. އޮފިޝަލުން ބުނީ ސެލައިން ވެކްސިން ދީފައިވާ މީހުން ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.