ދުނިޔެ

އެންޖެލާ މާކެލްއަށް މަހު ޕެންޝަނެއް

ޖަރުމަނުގައި އަންނަ މަހު 26 ގައި އޮންނަ އާންމު އިންތިހާބުގައި އެންޖެލާ މާކެލް ވާދަނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. މާނައަކީ އިންތިހާބު ކާމިޔާބުކުރައްވާ ބޭފުޅަކަށް އޮފިސް ހަވާލުކުރައްވައި ސަރުކާރު ހިންގެވުން އެކަމަނާ ދޫކޮށްލައްވާނެ ކަމެވެ.

އެންޖެލާ މާކެލް ޖަރުމަނުގެ ޗާންސެލަރުކަމުން ވަކިވެ ވަޑައިގަތް ނަމަވެސް އެކަމަނާއަށް އޮތީ އުފާވެރި ޚަބަރެކެވެ. ޖަރުމަނުގެ ޕްރެސް އޭޖެންސީން ބުނާ ގޮތުން ވަޒީފާ ދޫކޮށްލެއްވުމާ ހަމައިން އެކަމަނާއަށް 15،000 ޔޫރޯގެ މަހު ޕެންޝަނެއް – ކޮޮންމެ މަހަކު ލިބިވަޑައިގަންނަވާނެ އެވެ.

މާކެލް ޖަރުމަނުގެ މަޖިލީހަށް ވަޑައިގަތި 1990 ގައެވެ. ޗާންސެލަރު ކަމުގައި 15 އަަހަރު ހޭދަކުރައްވާފައިވާއިރު އެކަމަނާގެ ތަޖުރިބާއާ ރޭވުންތެރިކަން ޖަރުމަނަށް އަދި ވެސް ބޭނުންވާނެ އެވެ. އެހެންކަމުން ޖަރުމަނު ސަރުކާރުން ވިސްނާފައި އޮތީ އެކަމަނާއަށް މަސައްކަތްކުރެވޭ ގޮތަށް އެހީތެރިންނާއި ސެކްރެޓަރީން އަދި ޑްރައިވަރަކު ސަރުކާރުގެ ޚަރަދުގައި ހަމަޖައްސައިދޭ ގޮތަށް ކަމަށް ޚަބަރު އޭޖެންސީން ބުނެ އެވެ.

ޖަރުމަނުގައި އާ ޗާންސެލަރަކު ހޮވި ސަރުކާރެއް އެކުލަވާލެވެންދެން އެންޖެލާ މާކެލް މަގާމުގައި ދެމިހުންނަވާނެ އެވެ. އެކަމަނާ ގެއަށް ވަޑައިގަންނަވާނެ ކަމަށް ވަނީ ސަރުކާރު ހިންގުން ޅަފަތުގެ މަރުހަލާއަށް ފަހު އެވެ.