މެލޭޝިއާގެ ބޮޑުވަޒީރުކަމުން މުހްޔިއްދީން ޔާސިން މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވާނެ ކަމަށް ބުނާ ރިޕޯޓެއް އާންމުވެއްޖެ އެވެ.
މެލޭޝިއާގެ ނޫސްތަކުން ބުނާ ގޮތުން ބޮޑުވަޒީރު އިސްތިއުފާ ދެއްވަނީ ސަރުކާރު ހިންގާ ކޯލިޝަން ތެރޭގައި ބައިބައިވުން އުފެދި ގާނޫނު ހަދާ މަޖިލީގުގައި އެމަނިކުފާނަށް އޮތް އަޣްލަބިއްޔަތު ގެއްލިވަޑައިގަތުމުގެ ސަބަބުންނެވެ.
ރިޕޯޓްގައި ބުނެފައި އޮތް ގޮތަށް ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި ނަމަ އަދި ބޮޑުވަޒީރުގެ އިސްތިއުފާ ރަސްގެފާން ގަބޫލުކުރައްވައިފި ނަމަ މުހްޔިއްދީން އަށް ސިޔާސީ މަގު ބަނަވީ އެވެ. މެލޭޝިއާގައި 17 މަސް ދުވަސް ވަންދެން އެމަނިކުފާން ކުރެއްވި އޮއިގަދަ ވެރިކަމުގައި ވެސް ސިއްކަ ޖެހުނީ އެވެ.
މެލޭޝިއާގައި ސިޔާސީ ހަމަނުޖެހުން ބޮޑުވެ ވެރިކަން ބޭނުންވެގެން ހަޅޭއްލަވާ މީހުންނާއިގެން މުޅި ދައުލަތް އޮތީ ބަނަވެފަ އެވެ. ކޮވިޑާ ގުޅިގެން ދުނިޔެ ތަޖުރިބާކުރި ދަތި އުނދަގޫ ދުވަސްތައް މެލޭޝިއާއަށް ވެސް އޮތީ ލައިގެންފަ އެވެ. މިހާލުގައި ގައުމު އޮތްއިރު ބޮޑުވަޒީރު މަގާމު ދޫކޮށްލެއްވުމުން ގައުމު ނުތަނަވަސްވުން ނޫން ކަމެއް ނުވާނެ އެވެ.
މެލޭޝިއާގައި ދެން ވެރިކަމަށް ވަޑައިގަންވާނެ ބޭފުޅަކު ނޭނގެ އެވެ. ގާނޫނު ހަދާ މަޖިލީހުގައި އެވަރުގެ ބޭފުޅަކު ނެތެވެ. ކޯލިޝަން ހަދައިގެން ނޫން ގޮތެއްގައި ވެރިއަކު ހޯދަން އޮތީ އިންތިހާބެވެ. އެހެން ނަމަވެސް ކޮވިޑްގެ ހާލަތުގައި މިއީ ވެސް ކުރަން ދަތި ކަމެކެވެ.
ބޮޑުވަޒީރެއް ކަނޑައެޅުއްވުމަކީ ރަސްގެފާނަށް އޮތް އިޚުތިޔާރެކެވެ. އެހެންކަމުން ގައުމުގެ ހާލަތަށް ބައްލަވައި ތަކުލީފު ކުޑަ ގޮތެއް އިޚުތިޔާރު ކުރެއްވުމަކީ ވެސް ވެދާނެ ގޮތެކެވެ.