ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

"މެލޭޝިއާގެ ބޯޑަރު ހުޅުވޭނީ ދެވަނަ ކުއާޓަރުގައި"

މެލޭޝިއާގެ ބޯޑަރު ބައިނަލްއަގްވާމީ މާކެޓަށް ހުޅުވާލުމަށް ތައްޔާރުވާން ބޮޑުވަޒީރު އިސްމާއީލް ސަބްްރީ ޔައުގޫބް އޮތީ ސަރުކާރުގެ އިދާރާތަކަށް މުހުލަތުގެ ދެހަފުތާ ދެއްވާފަ އެވެ.

އެހެން ނަމަވެސް މެލޭޝިއާގެ ހެލްތު މިނިސްޓަރު ޚައިރީ ޖަމާލުއްދީން ވިދާޅުވި ގޮތުން ބޯޑަރު މުޅިން ހުޅުވާލެވޭ ވަރު ވާނީ މިއަހަރުގެ ދެވަނަ ކުއާޓަރުގަ އެވެ.

ޖަމާލުއްދީން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބޮޑުވަޒީރުގެ ވިސްނުންފުޅަކީ ލަސް ނުކޮށް ބޯޑަރު ހުޅުން ކަމަށާއި އެހެން ނަމަވެސް ކުރަން ހުރި ކަންތައްތައް ދެވަނަ ކުއާޓަރުގެ ކުރިން ނިންމައި ނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވި ގޮތުން ބޯޑަރު ރަސްމީކޮށް ހުޅުވާ ތާރީހު ބޮޑުވަޒީރު އިއުލާން ކުރައްވާނެ އެވެ. އޭގެ ކުރިން މިނިސްޓްރީތަކާއި ސަރުކާރުގެ އެހެނިހެން އިދާރާތައް ގުޅިގެން އެކަންޗެއް ކިޔަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޭލޭޝިއާގެ ބޯޑަރު ހުޅުވާލަނީ ކޮވިޑް މުޅިން ތައްކަތު ކުރެވިގެން ނޫން ކަމަށް ޖަމާލުންދީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވަކި ގޮތެއް އިޚުތިޔާރު ކުރައްވަން ދަތިފުޅުވަނީ ވެސް ސިއްހީ ހާލަތު އޮތް ގޮތުން ކަމަށެވެ.

ބައިނަލްއަގްވާމީ މާކެޓަށް މެލޭޝިއާ ހުޅުވާލުމާއެކު ފަތުރުވެރިން އަދި ވިޔަފާރިވެރިން ދަރުތު ކުރަން ފަށާނެ ކަމަށް ޖަމާލުއްދީން ވިދާޅުވި އެވެ. މެލޭޝިއާއަށް ކުރިމަތިވާނެ ގޮންޖެހުަމީ އެއީ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ އަދަދު މިހާރަށް ވުރެ އިތުރުވާ ނަމަ އެހިސާބުން ވެސް އެހެން ވިސްނުމަކަށް ދާން ޖެހިދާނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި އުންމީދަކީ ބޯޑަރު ހުޅުވާލުމުން ވެސް ހާލަތަށް ހެޔޮ ބަދަލުގައި ދެމެހެއްޓިފައި އޮތުން ކަމަށެވެ.

ޖަމާލުއްދީން ވިދާޅުވި ގޮތުން މެލޭޝިއާ ބޯޑަރު ހުޅުވާނީ މަރުހަލާތަކަކަށް، ބައްރުތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮވިޑް ހާލަތު ގޯސް ގައުމުތަކާ މެދު ޚާއްސަަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.