ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މެލޭޝިއާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި، އާބޮޑުވަޒީރަކު އައްޔަންކުރެވެންދެން މަގާމުގައި ދެމިހުންނަވާނެ

މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސިން އިސްތިއުފާދެއްވައިފި އެވެ.

ޚަބަރުތައް ބުނާ ގޮތުން ރަސްގެފާން ވަނީ ބޮޑުވަޒީރުގެ އިސްތިއުފާ ގަބޫލުކުރައްވާފަ އެވެ. ބޮޑުވަޒީރު އިސްތިއުފާ ދެއްވުމާ ގުޅިގެން ކެބިނެޓް ވެސް އުވިގެންދާނެ އެވެ.

މުހްޔިއްދީން އިސްތިއުފާ ދެއްވި ނަމަވެސް ސަރުކާރު ބެލެހެއްޓެވުމުގައި ވަގުތީ ގޮތުން ދެމިހުންނާވާނެ އެވެ. ރަސްގެފާނު ވަނީ މެލޭޝިއާގައި ސަރުކާރެއް އެކުލަވާލެވެންދެން ބޮޑުވަޒީރުގެ ގޮތުގައި ގައުމު ބަލަހައްޓަވައި ދެއްވަން މުހްޔިއްދީންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މުހްޔިއްދީން އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަނިކުފާން މިހާރު ވެވަޑައިފެންފައި އެވަނީ މެލޭޝިއާގައި އެންމެ ކުރު މުއްދަތަކަށް ވެރިކަން ކުރެއްވި ބޮޑުވަޒީރަށެވެ. އިސްތިއުފާ ދެއްވިއިރު ސަރުކާރަށް ވެފައި ވަނީ 17 މަހެވެ.

މުހްޔިއްދީން އިސްތިއުފާ ގަބޫލުކުރައްވައި ރަސްގެފާން – ސުލްތާން އަބްދުﷲ ސުލްތާން އަހްމަދު ޝާހް، ވިދާޅުވީ މެލޭޝިއާގައި އާ ސަރުކާރެއް އުފެއްދުމަށް ދަންނަވާނެ ކަމަށާއި އެ މަސައްކަތްތައް ކޮޅެއްގައި ޖެހެންދެން މުހްޔިއްދީން ބޮޑުވަޒީރު ކަމުގައި ދެމިހުންނެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މެލޭޝިއާގައި ސިޔާސީ ހަމަނުޖެހުން ބޮޑުވެ ވެރިކަން ބޭނުންވެގެން ހަޅޭއްލަވާ މީހުންނާއިގެން މުޅި ދައުލަތް އޮތީ ބަނަވެފަ އެވެ. ކޮވިޑާ ގުޅިގެން ދުނިޔެ ތަޖުރިބާކުރި ދަތި އުނދަގޫ ދުވަސްތައް މެލޭޝިއާއަށް ވެސް އޮތީ ލައިގެންފަ އެވެ. މިހާލުގައި ގައުމު އޮތްއިރު ބޮޑުވަޒީރު މަގާމު ދޫކޮށްލެއްވުން ގައުމު ނުތަނަވަސްވުން ނޫން ކަމެއް ނުވާނެ އެވެ.

މެލޭޝިއާގައި ދެން ވެރިކަމަށް ވަޑައިގަންވާނެ ބޭފުޅަކު ނޭނގެ އެވެ. ގާނޫންހަދާ މަޖިލީހުގައި އެވަރުގެ ބޭފުޅަކު ނެތެވެ. ކޯލިޝަން ހަދައިގެން ނޫން ގޮތެއްގައި ވެރިއަކު ހޯދަން އޮތީ އިންތިހާބެވެ. އެހެން ނަމަވެސް ކޮވިޑްގެ ހާލަތުގައި މިއީ ވެސް ކުރަން ދަތި ކަމެކެވެ.