ދުނިޔެ

ކާބުލް އެއާޕޯޓް ބަންދުކޮށްފި

ކާބުލް އެއާޕޯޓް – ހާމިދު ކަރުޒާއީ އިންޓަނޭޝަނަލް އެއާޕޯޓް މަދަނީ ފްލައިޓްތަކަށް ބަންދުކޮށްފި އެވެ.

އެއާޕޯޓް ބަންދުކުރިއިރު މުޅި ސަރަހައްދު ވަށާލައި އާންމު ރައްޔިތުން ތިބީ ގައުމު ދޫކޮށް ދިއުމަށް ޖަމާވެފަ އެވެ.

ތާލިބާނުން އަފްޣާނިސްތާން ހިފައި ރިޔާސީ ގަނޑުވަރަށް ވަދެގަތުމާ ގުޅިގެން އެމެރިކާއާއި އަފްގާން ސިފައިން މިހާރު ތިބީ އެއާޕޯޓް ގާޑުކޮށްގެންނެވެ. އެއީ އެގައުމުގައި ތިބި ބޭރު ގައުމުތަކުގެ އެމްބެސެޑަރުންނާއި އޮފިޝަލުން ގައުމުން ބޭރުވަންދެން ރައްކާތެރިކުރުމަށެވެ.

އެއާޕޯޓް ވަށާލައި ތިބި އާންމުންނަކީ ތާލިބާނުން ކޮށްފާނެ އަނިޔާއަކުން ސަލާމަތްވާން ގައުމުދޫކޮށް ދާން ބޭނުންވެފައި ތިބި މީހުންނެވެ. އެއާޕޯޓަށް މީހުން ގިނަވެ ކަންތައް ބޮޑުވާން ފެށުމުން އެމެރިކާ ސިފައިން ވަނީ އާންމުންގެ ތެރެއަށް ބަޑިޖަހާފަ އެވެ.

ތާލިބާނުން އާންމު ރައްޔިތުންނަށް ބުނެފައި އޮތީ ބިރުނުގަތުމަށާއި ފިލަން ނުދުވުމަށެވެ. ތާލިބާނުން ބުނާ ގޮތުން އެ ޖަމާއަތުން އެއްވެސް މީހަކަށް އަނިޔާއެއް ނުކުރާނެ އެވެ. މީހުންގެ ގެދޮރަކަށް ނުވަންނާނެ އެވެ. އަދި އެއްވެސް މީހެއް މުދާ ހިފަހައްޓައި ގެއްލުމެއް ނުދޭނެ އެވެ.

ތާލިބާނުން – އިސްލާމިކް ސްޓޭޓުން މުޖާހިދުންނަށް އަންގާފައި އޮތީ އާންމުނަށް ހުރުމަތްތެރިކޮށް ހިތުމަށެވެ. އަދި އެ އަމުރާ ޚިލާފުވާ މީހަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ އޮތީ ބަޔާން ނެރެފަ އެވެ.