ދިރާގު

ރާއްޖޭގެ ޕެރައޮލިމްޕިކްސް ޓީމަށް ދިރާގުން ހިތްވަރު ދީފި

Aug 16, 2021
2

ރާއްޖޭގެ ޕެރައޮލިމްޕިކްސް ޓީމު، މުބާރާތުގައި ބައިވެރިވާން ފުރާފައިވާއިރު ދިރާގުން އެ ޓީމާ ބައްދަލުކޮށް ހިތްވަރު ދީފި އެވެ.

ޖަޕާނުގެ ޓޯކިއޯ އަށް ފުރި ޕެރައޮލިމްޕިކްސް ޓީމުގައި ހިމެނެނީ މުހައްމަދު މާޒިން އަދި ފާތިމަތު އިބްރާހިމް އެވެ. ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވަނީ ވާޗުއަލްކޮށް މި ކުޅުންތެރިންނާ ބައްދަލުކުރައްވާފަ އެވެ.

މިއީ ރާއްޖޭގެ އެތުލީޓުން ޕެރައޮލިމްޕިކް މުބާރާތުގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި ބައިވެރިވި މާޒިން އަކީ ކުރިން ދިރާގު ރޯޑްރޭހުގައި ދުވާ އެތުލީޓެކެވެ.

އޭނާ ފުރަތަމަ މި ދުވުމުގައި ބައިވެރިވީ 2012 ވަނަ އަހަރު އެވެ. މީގެ ކުރިން 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދުވެ މާޒިން ވަނީ ރާއްޖެ އަށް މެޑަލްއެއް ހޯދައިދީފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ޖަޕާންގައި ބާއްވާ ޕެރައޮލިމްޕިކްސް ކުރިއަށް ދާނީ މި މަހު 24 އިން އަންނަ މަހުގެ ފަހެއްގެ ނިޔަލަށެވެ.