ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ތ. އަތޮޅަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތ. އަތޮޅުގެ ބައެއް ރަށްތަަކަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތ. އަތޮޅުގެ ހަތް ރަަށަކަށް ރަސްމީ ދަތުރުފުޅެއްގައި ފުރާ ވަޑައިގަންނަވާނެ ކަމަށެވެ.

އެގޮތުން ތ. އަތޮޅުގެ ހަތް ރަށަކަށް މިމަހުގެ 17 އިން 19 އަށް ދަތުރުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ތިމަރަފުށި، ވޭމަންޑޫ، ކިނބިދޫ، އޮމަދޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުށި ހިމެނެ އެވެ.

ރައީސްގެ ދަތުރުފުޅު މިރޭ ފައްޓަވާނީ ތިމަރަފުށިންނެވެ. އަދި މާދަމާ ވޭމަންޑޫއަށް ވަޑައިގަންނަވަނާއެވެ.

ރައީސް ސޯލިހު މިދިޔަ މަހު ބޮޑު ތިލަދުން މައްޗަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.