ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ދަނގެތި އާއި މާމެންދޫ ބަންދުކޮށްފި

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިގެން އދ. ދަނގެތި އާއި ގއ. މާމެންދޫ އަށް އަރާ ފޭބުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިން އަށް އެ ދެ ރަށް ގެނެސްފި އެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވް ކޭސްތަކުގެ ކޮންޓްކެޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ދެ ރަށަށް އަރާ ފޭބުން މަނާ ވާނެ ކަމަށެވެ.

މި ދެ ރަށާއެކު މިވަގުތު އެޗްޕީއޭގެ "ކޮވިޑް ބަންދު" ގައި އޮތީ 16 ރަށެކެވެ. އެއީ ރ. ދުވާފަރާއި ކ. ކާށިދޫ އާއި ށ. ފީވަކާއި ހއ. ތަކަންދޫ އާއި ދ. ކުޑަހުވަދޫ އާއި އއ. ހިމަންދޫ އާއި ތ. ހިރިލަންދޫ އާއި ހދ. މަކުނުދޫ އާއި ބ. އޭދަފުއްޓާއި ބ. ކަމަދޫ އާއި އދ. ހަންޏާމީދޫ އާއި ހދ. ނެއްލައިދޫ އާއި ހއ. އިހަވަންދޫ އާއި ގދ. ތިނަދޫ އެވެ.

ތިނަދޫ އާއި ދަނގެތި އަދި ގއ. މާމެންދޫ ބަންދު ކުރީ މިއަދު އެވެ. މިއީ ތިނަދޫ ބަންދުކުރި ހަތަރުވަނަ ފަހަރެވެ.

މި ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސް ވަންދެން ބަންދުގައި އޮތީ ރ. ދުވާފަރެވެ. ކޮވިޑްގެ ހާލަތު އަދިވެސް ގޯސްކޮށް އޮތް ދުވާފަރަށް އަރާ ފޭބުން މަނާކުރީ މެއި މަހުގެ 25 ވަނަ ދުވަހު އެވެ.