ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގއ. މާމެންދޫ

މާމެންދޫން ޕޮޒިޓިވްވި ދެ ކުދިން ފެސިލިޓީއަށް

ގއ. މާމެންދޫ --
0%
0%
0%

ގއ. މާމެންދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ ކުޑަ ދެ ކުދިން، ގއ. ވިލިގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފި އެވެ.

މާމެންދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ހަތް މީހެކެވެ. އެއީ އެއް އާއިލާއެއްގެ މީހުންނެވެ. ޕޮޒިޓިވްވެފައިވާ ހަތް މީހުންނަކީވެސް މާލެއިން އެ ރަށަށް ގޮސް ހޯމް ކަރަންޓީންގައި ތިބި ބައެކެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި މަސް ނުފުރޭ ކުއްޖަކާއި ހަތަރު އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ.

އަދި އުމުރުން ދުވަސްވީ ދެ މީހަކުވެސް ހިމެނެއެވެ. މާމެންދޫ ސިއްހީ މަރުކަޒުން ބުނީ ކޮވިޑަށް ޕޮޒިޓިވްވީ ކުޑަ ދެ ކުދިންނާއި އުމުރުން ދުވަސްވީ ދެ މީހުންވެސް ގއ. ވިލިގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑްގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ސެންޓަރުތައް ވަނީ ގާއިމްކޮށްފައެވެ. އެ ތަންތަނުގައި އެޑްމިޓް ކުރަނީ ކޮވިޑްގެ ހައި ރިސްކު މީހުންނާއި ހާލު ބޮޑު ބަލި މީހުންނެވެ. ކޮވިޑްގެ ހައި ރިސްކު ކެޓަރީގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން ހިމެނެއެވެ.

މާމެންދޫން މީގެ ކުރިންވެސް ކޮވިޑަށް ބަޔަކު ޕޮޒިޓިވްވެފައިވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345