ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދަނގެތި

ދަނގެތިވެސް ބަންދު ކޮށްފި

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭހެއް ފެނިގެން އދ. ދަނގެއްޗަށް އަރާ ފޭބުން މަނާކޮށް އެ ރަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިން އަށް ގެނެސްފި އެވެ.

ހެލްތް މިނިސްޓްރީން ދެންމެ ބުނީ ދަނގެތިން ކޭސްއެއް ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ރަށަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުން އަދަދު ބޮޑުތަނުން އިތުރުވަމުންދާއިރު އައްޑޫ ސިޓީއާއެކު 24 ރަށެއް އޮތީ ބަންދުކޮށްފައެވެ. އަތޮޅުތެރޭގައި 1،500 ވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު ބައެއް ރަށްރަށުގައި ޕޮޒިޓިވް ކޭސްތައް ހުރީ 300 އިން މަތީގައެވެ. ބައެއް ރަށްރަށުގައި 200 އިން މަތީގައި އަދި 100 އިން މަތީގައިވެސް ނަންބަރު އެބަހުއްޓެވެ.

މިދިޔަ ހަފްތާގައި ބައެއް ދުވަސް ދުވަހު މުޅި ރާއްޖެއިން 400 ވުރެ ގިނަ މީހުން ޕޮޒިޓިވްވީ ދުވަސްތައް ގިނައެވެ. އިއްޔެގެ ނަންބަރު ހުރީވެސް 400 އިން މަތީގައެވެ.