ދައުލަތުގެ އާމްދަނީ

ހަރަދާއި އާމްދަނީގައި ފަސް ބިލިއަންގެ ފަރަގެއް

ރާއްޖެ އައި ޓޫރިސްޓުންތަކެއް އެއާޕޯޓަށް ދިއުމުގެ ކުރިން ޓީއެމްއޭގައި ޗެކިން ކުރަނީ ފޮޓޯ: -- އަހުމަދު އަޝްހާދު އަބްދުﷲ | އަވަސް
0%
0%
0%

މި އަހަރުގެ ބަޖެޓުން ކޮށްފައިވާ ހޭދަ އާއި ލިބުނު އާމްދަނީގެ ދެމެދުގައި ހުރި ފަރަގު ފަސް ބިލިއަން ރުފިޔާ އަށް ވުރެ ބޮޑުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ހަފުތާގެ މާލީ ރިޕޯޓް ދައްކާ ގޮތުން މިހާތަނަށް ބަޖެޓަށް އާމްދަނީގެ ގޮތުގައި ލިބުނީ 10.5 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ހަރަދުގެ ގޮތުގައި މިހާތަނަށް 15.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެހެންވެ ހަރަދާއި އާމްދަނީ އަޅާ ކިޔާއިރު ފަރަގު ފަސް ބިލިއަން ރުފިޔާ އަށް ވުރެ ބޮޑެވެ.

ދައުލަތަށް މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބުނު 10.5 ބިލިއަން ރުފިޔާގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބުނީ 7.8 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން 2.4 ބިލިއަން ރުފިޔާ ލިބުނުއިރު އާމްދަނީއަށް ލިބިފައިވަނީ 351.9 މިލިއަން ރުފިޔާ އެވެ.

ހަރަދުގެ ގޮތުގައި މިހާތަނަށް 15.8 ބިލިއަން ހޭދަކުރިއިރު ރިކަރަންޓް ހޭދަ އުޅެނީ 12.2 ބިލިއަން ރުފިޔާގަ އެވެ. މީގެތެރެެއިން މުސާރަ ދޭން 5.9 ބިލިއަން ހޭދަކުރި އެވެ. އަދި އެޑްމިން ހަރަދުގެ ގޮތުގައި ހަ ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މީގެ އިތުރުން ކެޕިޓަލް ހަރަދުގެ ގޮތުގައި މިހާތަނަށް 3.6 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910