އިބްރާހިމް އަމީރު

އިތުރު ފިޔަވަޅުތައް އަޅައިގެން ދަރަނި މެނޭޖުކުރަން ޖެހޭ: އަމީރު

ކުރިއަށް އޮތް ތަނުގައި އިތުރު ފިޔަވަޅުތައް އަޅައިގެން ދަރަނި މެނޭޖުކުރަން ޖެހޭ ކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވީ އަންނަ އަހަަރަށް ލަފާކުރާ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން މިއަދު މަޖިލީުގައި ޖަވާބުދާރީވެ ވާހަކަ ދައްކަވަމުން ނެވެ.

އަމީރު ވިދާޅުވީ ކޮވިޑާ ގުޅިގެން ކުރިން ލަފާކުރި ކަމަށް ބެލެވުނު އެތައް ބިލިއަން ރުފިޔާގެ އާމްދަނީ ގެއްލުނު ކަމަށެވެ. އެހެންވެ މިހާތަނަށް ދައުލަތް ހިންގަން ޖެހުނީ ދަރަނި ނަގައިގެން ކަމަށެވެ.

އެހެން ކަމުން ކުރިއަށް އޮތް ތަނުގައި އިތުރު ފިޔަވަޅުތަކެއް (ފިޒިކަލް ކޮންސަޮލިޑޭޝަން މެޝާޒްތަކެއް) ނަގައިގެން ދަރަނި މެނޭޖުކުރެވޭ ގޮތަށް ހަދަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ދަރަނި ނެގީ ކްރައިސިސްއެއްގެ ތެރޭގައި. ރަނގަޅު ނޯމަލް އިގްތިސާދެއްގެ ކުރިއަރަމުން ދިޔަ ދަނޑަވަޅެއްގައެއް ނޫން ގިނައިން ދަރަނި ނަގާފައި މިއޮތީ. ކްރައިސިސްއަކަށް އެޑްރެސް ކުރުމަށްޓަކައި އަޅުގަނޑުމެން ދަރަނި ނަގައިގެން މެނޭޖު ކުރުމަށްޓަކައި އެކަންތައް ތަކެއް ކުރި. މިހާރު އެބަޖެހޭ ސަސްޓެއިނަބަލް ޕާތަކަށް ދާން." އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ 2019 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ގެރެންޓީއާއެކު ދަރަނި ހުރީ 80 ޕަސެންޓް ގައި ކަމަށެވެ. އަދި 2020 ވަނަ އަހަރު ނިމުނުއިރު 150 ޕަސެންޓްގައި ކަމަށެވެ،

ނަމަވެސް މިހާރު ވިސްނުން ހުރީ ޖީޑީޕީގެ ނިސްބަރުން ދަރަނި 105 ޕަސެންޓަށް ކުޑަކޮށް ޕްރައިމަރީ ޑެފިސިޓް ފަސް ޕަސެންޓަށް ޖީޑީޕީގެ ނިސްބަތުން ތިރިކުރަން ކަމަށެވެ.