ދުނިޔެ

އެމެރިކާއިން ޓައިވާނާ މުއާމަލާތް ނުކުރަން ޗައިނާ އަންގައިފި

އެމެރިކާއިން ރަސްމީ އެއްވެސް ސިފައެއްގައި ޓައިވާނާ މުއަމާލާތް ކޮށްގެން ނުވާނެ ކަމަށް ޗައިނާއިން އެމެރިކާއަށް އަންގައިފި އެވެ.

ޗައިނާއިން ބުނީ ޓައިވާނާ ގުޅުން ބަދަހިކޮށް ހަތިޔާރު ވިއްކުމަކީ ޗައިނާގެ މިނިވަން ކަމަށާއި އިސްގިތުލާލަށް ބިރުވެރިކަމެއް ކަމަށެވެ.

ޓައިވާނަށް އެހީތެރިވުން ކަމަށް ބުނެ ޗައިނާ އަށް ގޯނާކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ޗައިނާ އިން ބުނެ އެވެ. ޗައިނާ އިން ބުނީ އެމެރިކާއަށް ކިތަންމެ ބާރެއް ލިބިފައި ހުއްޓަސް ހެޔޮ ކަމަށެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވާ ޗުން އިންގް ވިދާޅުވީ ޓައިވާނަށް ހަތިޔާރު ވިއްކުމަކީ ކިހާ ނާޒުކު ކަމެއްކަން އެމެރިކާ އަށް ނޭނގުމަކީ ހިތާމަވެރިކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން އެމެރިކާއިން ޓައިވާނަށް ހިތްވަރު ދެނީ ޗައިނާއާ ދެކޮޅުވެރިވުމަށް ކަމަށާއި ހަތިޔާރު ވިއްކަނީ ޗައިނާ އަށް ހަމަލާދޭން ކަމަަށެވެ.

ތަރުޖަމާން ވިދާޅުވީ އެމެރިކާއަށް އަދި ޗައިނާ އަށް ވެސް އެންމެ ރަނގަޅު ގޮތަކަށް ވާނީ ދެ ގައުމުގެ ދެމެދުގައި ވެފައި ހުރި އެއްބަސްތަކަށް އިހުތިރާމް ކުރުން ކަމަށެވެ. އަދި ބުނީ މަސްލަހަތު ގެއްލޭ ކަމެއް އިސްނުކޮށް ސުލްހައަށް ލޯބިކުރުމުގެ ކެތްތެރިކަން އެމެރިކާގެ ކިބައިން ފިލައިގެން ހިނގައްޖެ ކަމަށެވެ.

ވާ ޗުން އިންގް ވިދާޅުވީ ޓްރަމްޕް ސަރުކާރުން ވެސް ޓައިވާނަށް 18.3 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކި ކަމަށާއި ބައިޑަން ވެސް މިހާރު އެ ވަޑައިގަންނަވަނީ ޓްރަމްޕް ހިންގެވި މަގުން ކަމަށެވެ. ބައިޑަން ސަރުކާރުން ޓައިވާނަށް 750 މިލިން ޑޮލަރުގެ ހަތިޔާރު ވިއްކަން ނިންމާފައި އޮތް ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

ޗައިނާއިން ގަބޫލުކުރާ ގޮތުން ޓައިވާން އަކީ ޗައިނާގެ ޕްރޮވިންސެކެެވެ. ޓައިވާނާއި ޔޫރަޕުން ބުނަނީ އެއީ މިނިވަން ގައުމެއް ކަމަށެވެ. ޗައިނާގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން ޗައިނާގެ މައި ސަރުކާރުގެ ބެލުމުގެ ދަށަށް ޓައިވާން ގެންދިއުމެވެ.