ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތ. ކިނބިދޫ އަށް ވަޑައިގެންފި އެވެ.
ރައީސް މީގެކުޑައިރުކޮޅެއް ކުރިން ކިނބިދޫ އަށް ވަޑައިގަތުމުން އެރަށުގެ ވަރަށް ގިނަ ރައްޔިތުން ވަނީ އެ ރަށު ބަނދަރު ސަރަހައްދަށް ނިކުމެ ރައީސް ސޯލިހަށް މަރުހަބާ ކިޔާފަ އެވެ.
ރައީސް ސޯލިހް ކިނބިދޫ އަށް ވަޑައިގެންފައި މިވަނީ އިއްޔެ ތިމަރަފުށްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ސަރުކާރުގެ އިދާރާތަކާ ރޭ ބައްދަލުކުރެއްވުމަށްފަހު އެވެ. އަދި މިއަދު ހެނދުނު އެމަނިކުފާނު ވަނީ ތިމަރަފުށީގައި ހުންނަ ތ. އަތޮޅު މަދަރުސާ އަށާއި އެރަށު ސިއްހީ މަރުކަޒަށް ވެސް ޒިޔާރަތްކުރައްވާފަ އެވެ.
ތިމަރަފުށްޓަށް ފަހު މިއަދު މެންދުރުފަހު ރައީސް ސޯލިހް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ތ. އޮމަދޫ އަށެވެ.
ރައީސް ސޯލިހް ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ހަތް ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.