ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އެހީގައި ގެމަނަފުށީގައި ބީޓެކް ކްލާސްރޫމެއް

Aug 18, 2021
1
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ގެމަނަފުށީގައި ގާއިމްކުރި ބީޓެކް ކްލާސްރޫމް -- ފޮޓޯ: ބީއެމްއެލް
0%
0%
0%

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ގެމަނަފުށީ ސްކޫލުގައި ބީޓެކް ކްލާސްރޫމެއް ގާއިމުކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މި ކްލާސްރޫމް ފަރުމާކޮށްފައި ވަނީ ދަރިވަރުންނަށް ހޮސްޕިޓާލިޓީ ސިނާއަތުގެ މަސައްކަތްތައް ދަސްކުރުމުގައި އަމަލީ ތަޖުރިބާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތްކޮށްފައި ވަނީ ދިވެހި މަސްވެރިންގެ ޖަމިއްޔާއިންނެވެ.

މި ޕްރޮޖެކްޓްގެ ދަށުން ބީޓެކް ކިޔަވާ ދަރިވަރުންނަށް ހިދުމަތް ދިނުމުގެ ދާއިރާގެ މަސައްކަތްތައް އަމަލީގޮތުން ތަޖުރިބާ ކުރުމަށްޓަކައި ނަކަލު ކްލާސްރޫމެއް ތަރައްގީ ކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ކްލާސްރޫމް ހަދާފައިވަނީ ހޮސްޕިޓާލިޓީ ދާއިރާއިން މަސައްކަތަށް ނިކުންނަ ދަރިވަރުންނަށް ކަސްޓަމަރުންނަށް ހިދުމަތް ދިނުމާއި، އެނދު އަޅާނެ ގޮތް ދަސްކުރުމާއި، ކެއްކުމުގެ އަސާސީ ހުނަރު ދަސްކުރުމުގެ އިތުރުން މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދޭނެ ގޮތަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345