ރާއްޖޭގައި މީހެއްގެ ކަންފަތުގެ އެތެރެއަށް ވަތް ކުރަތްޕެއް ނަގައިފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ މިއަދު އެފަދަ ކަމެއް އެ ހޮސްޕިޓަލްގައި ހިނގި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އަންހެނެއްގެ ކަންފަތަށް އެއްޗެއް ވަދެގެން ހޮސްޕިޓަލަށް އައި ކަމަށާއި އަދި ފަހުން އޭނާގެ ކަންފަތުން ކުރަތްޕެއް ނެގި ކަމަށެވެ.
އެ މީހާގެ ހާލު މިހާރު ރަނގަޅު ކަަމަށްވެސް އައިޖީއެމްއެޗުން ވަނީ މައުލޫމާތު ދީފަ އެވެ.
ކުރަފި ފަދަ ސޫފާ ސޫފި ކަންފަތުން ނެގުމުގެ ހާދިސާތައް ރާއްޖެއިން ބޭރުގައި އާންމުކޮށް ހިނގި ނަމަަވެސް ރާއްޖޭގައި މިއީ އެހާ އާންމުކަމެއް ނޫނެެވެ.