މޯލްޑިވްސް މީޑިއާ ކައުންސިލް

ނޫސްވެރިކަމުގެ އިނާމު އޮކްޓޫބަރުގައި

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމު އަންނަ އޮކްޓޫބަރު މަހުގައި ބާއްވަން ނިންމައިފި އެވެ.

މީޑިއާ ކައުންސިލުން މިއަދު ބުނީ "ނޫސްވެރިކަމުގެ އިނާމު 2020" އަންނަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ.

މިފަހަރު އިނާމަށް ހުޅުވާލައިފައި ވަނީ ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ އާއި ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ އަދި ސިޔާސީ ދާއިރާ އާއި ޝަރުއީ އަދި ގާނޫނީގެ އިތުރުން ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އާއި ފޮޓޯ ޖާނަލިޒަމް އާއި ވީޑިއޯ ޖާނަލިޒަމްގެ ދާއިރާއެވެ.

އަދި އޯޑިއޯ ޖާނަލިޒަމް ދާއިރާ އާއި ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސްގެ އިތުރުން ފީޗަރ / ރިޕޯޓް ދާއިރާ އާއި އެންމެ އުންމީދީ ނޫސްވެރިޔާއަށެވެ.

2015 ވަނަ އަހަރު ދޭން ފެށި މި އެވޯޑް ހަފްލާތައް ގިނައިން ބާއްވާފައިވަނީ މެއި މަހުގެ ތިންވަނަ ދުވަހު ނަމަވެސް މިދިޔަ އަހަރު އެވޯޑް ހަފްލާ ބޭއްވުނީ އަހަރުގެ އެންމެ ފަހު މަހުއެވެ. އެހެން ބައެއް އަހަރުތަކުގައިވެސް އެ ތާރީހުގައި އެވޯޑް ހަފްލާ ނުބޭއްވިވެ އެވެ.