ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވަންދޫއަށް ވަޑައިގެންފި

Aug 19, 2021

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތ. ވަންދޫ އަށް ވަޑައިގެންފި އެވެ.

ރައީސް ވަންދޫއަށް ވަޑައިގަތުމުން އެ ރަށުގެ ވަރަށް ގިނަ ރައްޔިތުން ވަނީ ރައީސް ސޯލިހަށް މަރުހަބާ ދަންނަވާފަ އެވެ.

ރައީސް ސޯލިހް ވަންދޫ އަށް ވަޑައިގެންފައި ވަނީ ވޭމަންޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ސަރުކާރުގެ އިދާރާތަކާ ރޭ ބައްދަލު ކުރެއްވުމަށް ފަހު އެވެ. އަދި މިއަދު ހެނދުނު އެމަނިކުފާނު ވަނީ ވޭމަންޑޫ ސުކޫލަށާއި އެރަށުގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ.

ރައީސް މިހާރު ވަންދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަސް ވަނަ ރަށެވެ. ރައީސް ވަނީ ތިމަރަފުއްޓަށާއި ކިނބިދޫ، އޮމަދޫ އަދި ވޭމަންޑޫ އަށް ކުރިން ވަޑައިގެންފަ އެވެ.

ރައީސްގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސް އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.