ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ކަނޑުހުޅުދޫ އާއި މަޑުއްވަރި އަދި އަލިފުށި ބަންދުކޮށްފި

ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އިތުރު ތިން ރަށަކަށް އަރާ ފޭބުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް އެ ތިން ރަށް ގެނެސްފި އެވެ.

މިއަދު މޮނިޓަރިންއަށް ގެނެސްފައިވަނީ ގއ. ކަނޑުހުޅުދޫ އާއި މ. މަޑުއްވަރީ އަދި ރ. އަލިފުއްޓެވެ. އެޗްޕީއޭއިން ބުނީ އެޗްޕީއޭއިން ބުނީ ޕޮޒިޓިވް ކޭސްތަކުގެ ކޮންޓްކެޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ރަށްރަށަށް އަރާ ފޭބުން މަނާ ވާނެ ކަމަށެވެ.

މި ތިން ރަށާއެކު މިވަގުތު އެޗްޕީއޭގެ "ކޮވިޑް ބަންދު" ގައި އޮތީ 18 ރަށެކެވެ. އެއީ ރ. ދުވާފަރާއި ކ. ކާށިދޫ އާއި ށ. ފީވަކާއި ހއ. ތަކަންދޫ އާއި ދ. ކުޑަހުވަދޫ އާއި އއ. ހިމަންދޫ އާއި ހދ. މަކުނުދޫ އާއި ބ. އޭދަފުއްޓާއި ބ. ކަމަދޫ އާއި އދ. ހަންޏާމީދޫ އާއި ހދ. ނެއްލައިދޫ އާއި ހއ. އިހަވަންދޫ އާއި ގދ. ތިނަދޫ އާއި އދ. ދަނގެއްޗާއި ގއ. މާމެންދޫ އެވެ.